މަންމަގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތެއް ނެތިގެން ތަނަވަސް އެކުވެރިޔާއަށް ދަރިއަކު ވިހައިދޭން އެއްބަސްވުމުން ވިހައިދޭންވެސް ނުޖެހި ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަންމަގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތެއް ނެތިގެން ތަނަވަސް އެކުވެރިޔާއަށް ދަރިއަކު ވިހައިދޭން އެއްބަސްވުމުން ވިހައިދޭންވެސް ނުޖެހި ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އެއީ ތަނަވަސް ދެމަފިރިންނެވެ. ހަމައެކަނި އޮތް މައްސަލައަކީ ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމެވެ. އަނބިމިހާ ބަލިވެ އިނދެއެވެ. އެކަމަކު ދަރިފުޅު ހަރުނުލަނީއެވެ.  

ދެމަފިރިން އެކަމަށް ވިސްނާފައި އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާގެ ކިބައިން އެދުނީ ދެމަފިރިންގެ ދަރިއަކު ވިހައިދިނުމަށެވެ. އެކަމަށް ކިތަންމެ ބޮޑު އަގެއް ބުނި ނަމަވެސް އަދާކުރާނެ ކަމަށެވެ. ނަމަވެސް އެކުވެރިޔާއައީ އެކަމަށް އިންކާރުކުރަމުންނެވެ.  

ދުވަސްތައް ފާއިތުވަމުން ދަނިކޮށް އެކުވެރިޔާއަށް ބޮޑު މައްސަލައެއް ކުރިމަތިވިއެވެ. އެއީ މަންމަ ބަލިވެގެން ކުރަންޖެހޭ ޚަރަދު ބޮޑުވެ އަތުގައި ފައިސާ ނެތުމެވެ. އެޙާލުގައި އެކުވެރިޔާއަށް މަޖުބޫރިވީ ހޯދެން އޮތް ގޮތަކަށް ފައިށާހޯދުމެވެ. އެހެންވެ އެކަމަށް ވިސްނާފައި އެހުށަހެޅުން ޤަބޫލުކުރިއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. "ޕްރޮސީޑިއާ"ގެ ދުވަސްވަރު އަނެކާ ބަލިވެ އިނދެއްޖެނަމަ އެކަން ކުރިއަށް ނުގެންދިއުމަށެވެ. ދެމަފިރިން އެކަމަށް އެއްބަސްވެ އެކުވެރިޔާއަށް ފައިސާދިނެވެ.  

ދެން ކަންތައްވީގޮތް އެނގޭހެއްޔެވެ؟ ތަފާތު ސަބަބުތައް ކުރިމަތިވެ "ޕްރޮސީޑިއާ" ނުފެށިގެން އުޅެނިކޮށް އަނެކާ ބަލިވެއިނީއެވެ. އެހިސާބުން ވާގޮތެއް ބަލަން ޕއރޮސީޑިއާގެ ކަންކަން މަޑުޖައްސައިލިއެވެ. ނަތީޖާއަށްވީ މިފަހަރު ދަރިފުޅު ހަރުލައި ވިހެއުމެވެ. ވިހެއީ ޞިއްހަތު ރަނގަޅު ކުއްޖެކެވެ.  

ހުރިހާ ކަމެއް ނިމުމުން އެކުވެރިޔާ ގާތުގައި ބުންޏެވެ. "މަންމައަށްޓަކައި އަހުރެން އެއްބަސްވީ މަންމަވެސް ރުހިގެންނެވެ. ތިބާ ބަލިވެއިނދެއްޖެނަމަ ޕްރޮސީޑިއާ ކުރިއަށް ނުގެންދަން ހުށަހެޅީވެސް މަންމަ ބުނެގެންނެވެ. ތިބާއަށް ދަރިއަކު ތިއަލިބުނީ އަހުރެންނާއި އަހުރެންގެ މަންމަގެ ދުޢާއިންނެވެ. އިން ޝާ ﷲ"  

މިހުރީ ދުޢާގެ ހުންނަ ބާރުގަދަކަމެވެ. މަންމައަށްޓަކައި ކިތަްނމެ ބޮޑު ޤުރްބާނެއްވާން ޖެހުނަސް ފަސްނުޖެހެންވީ މިފަދަ ކަންކަން އަބަދުހެން ލޯތަކަށް ފެންނަމުންދާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން