އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) ގެ ރައީސްކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (PNC) ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު އިރުއުތުރު، ހިތިގަސް މަގު – 5 ގޯޅި ކަންމަތީގައި ހުންނަ އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް، ހުކުރު ދުވަހުގެ ރޭ ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ  މުހައްމަދުއެވެ.

alaika 2

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ  މުހައްމަދުވަނީ އަލައިކާގެ ކެމްޕެއިންގެ ޝިއާރު "ބަދަހި އާއިލާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އަދި އަލައިކާ ވަނީ އޭނާގެ "ބަދަހި އާއިލާ" ގެ ކެމްޕެއިން ސިޔާސަތުތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާކޮށްފައެވެ. މި ޝިއާރުގެ ދަށުން އަލައިކާ އިސްކަންދޭނެ މައިގަނޑު ތިން އަސާސަކީ:

އަލައިކާގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، މަޢުލޫމާތު ހޯދައި، އެ ކަންބޮޑުވުންތަކުގެ ހައްލު ހޯދާދިނުމަށެވެ. އަދި މި ސިޔާސަތުތައް އެކުލަވާލާފައިވަނީ 'ފެމިލީ ސެންޓްރިކް' ނުވަތަ އާއިލާއަށް އިސްކަންދޭ އުޞޫލުން، ޑޭޓާ އަދި ދިރާސާތަކުގެ އަލީގައެވެ. ސަރުކާރު ހިންގާ ޕީ.އެން.ސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަލައިކާ މި މަޤާމަށް ކުރިމަތިލީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް މާލޭގެ އިޖުތިމާއީ ޙާލަތު ބަދަލުކުރުމުގެ ޤާބިލުކަމާއި ހިތްވަރު ހުރުމުންނެވެ.

އަލައިކާގެ އަމާޒަކީ އޯގާތެރިކަމާއެކު އަޅާލާ، އަމާން މާލެ ސިޓީއެއް އާއިލާތަކަށް ހޯދައިދިނުމާއި، އެންމެން ގުޅިގެން މާލެއަކީ އާއިލީ ދިރިއުޅުމަށް ބަދަހި ސިޓީއަކަށް ބަދަލުކުރުމެވެ. މާލެ ސިޓީގެ ހުރިހާ އާއިލާތަކުގެ ކިބައިން އަލައިކާ އެދެނީ، އާއިލާތަކުގެ ޙައްޤުގައި އޭނާ ކުރައްވާ މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއަދު އޮންލައިން