އެޗްޑީސީ އާއި އަލް އަޞްރު ގުޅިގެން ހުޅުމާލޭގައި ރަސްމީކޮށް ހިލޭ ޤުރްއާން ކްލާސްތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެޗްޑީސީ އާއި އަލް އަޞްރު ގުޅިގެން ހުޅުމާލޭގައި ރަސްމީކޮށް ހިލޭ ޤުރްއާން ކްލާސްތައް ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަޞްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ހިލޭ ޤުރްއާން ކްލާސްތައް ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ދީނީ ތަރުބިއްޔަތާއި ޤުރްއާން އުނގަންނައިދިނުމަށް ފެށި މުހިންމު މަޝްރޫޢެކެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަކޮށް، ޢިލްމީ ގޮތުން ޤާބިލު ޖީލެއް އުފެއްދުމެވެ. އަލް އަޞްރު ޖަމިއްޔާއާ ގުޅިގެން ކުރިއަށްގެންދާ މި ކްލާސްތައް މިހާރު ވަނީ ހުޅުމާލޭގައި ރަސްމީކޮށް ފަށައި، ކިޔަވައިދޭން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، "އަލް އަޞްރު ޖަމިއްޔާއާ ގުޅިގެން އަޅުގަނޑުމެން ފެށި ހިލޭ ޤުރްއާން ކްލާސްތަކަކީ، ފަރުވާތެރިކަމާއި މަޤްސަދެއް އޮވެގެން ޤާބިލު ޤާރީންގެ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް" ކަމަށެވެ. މީގެ އިތުރުން މިއީ ދީނީ އަޤީދާގެ ތެރެއިން ޒުވާން ޖީލު ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ދަށުން ކުރިއަށްގެންދާ އިސްނެގުމެއްކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

މި ކްލާސްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުދިންނަށް ހިލޭ ޤުރްއާން އުނގެނުމުގެ ފުރުސަތު ފަހިވެ، ދީނީ ކަންކަމަށް ހޭލުންތެރި ޖީލެއް ބިނާވެގެންދާނެ ކަމަށް އެޗްޑީސީން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން