ކުނބުރުދޫ އަދި މަހިބަދޫގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުނބުރުދޫ އަދި މަހިބަދޫގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ހަވާލުކޮށްފި

އދ. ކުނބުރުދޫ އާއި އެ އަތޮޅު މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އެ ދެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

ކުނބުރުދޫގައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 25 ހައުސިންގ ޔުނިޓެވެ. މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.

މަހިބަދޫގައި ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި 100 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ދެ މަޝްރޫއަކީވެސް އެ ރަށްރަށުގެ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން