މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމެއް ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމެއް ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ. މި ޒިޔާރަތަކީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ދަތުރެކެވެ.

މި ޒިޔާރަތަކީ މިނިސްޓްރީ އޮފް ހެލްތާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން، ސަރުކާރުގެ ސިއްހީ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ.

މި ޓީމުގައި ހިމެނެނީ ސީނިއަރ ސާޖަނުންނާއި، އެނެސްތީޒިއޮލޮޖިސްޓުން އަދި އޮޕެރޭޝަން ތިއޭޓަރަށް ޚާއްޞަ ތަޖުރިބާކާރު ނަރުހުންނެވެ. މި ޓީމުގެ މައިގަނޑު މަޤްޞަދަކީ، ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި މިހާރު ދެމުންދާ އޮޕެރޭޝަންގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުމެވެ.

މީގެ އިތުރުން، މި ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަކޮށް، ޚާއްޞަ ރިޕޯޓެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓު އެކުލަވާލުމަށްފަހު ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށްވެސް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން