ޢިބްރަތްތެރި ވާހަކަ: ކިޔެވުމުގެ ފަހުއަހަރުވީމާ ގޭގަ ބަހައްޓައިގެން ކިޔަވައިދޭން ފިރިމީހާ ގެނައި ކުއްޖާއަށް އަނބިމީހާގެ އެނދުގަ ކިޔަވައިދެނިކޮށް ފެނުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޢިބްރަތްތެރި ވާހަކަ: ކިޔެވުމުގެ ފަހުއަހަރުވީމާ ގޭގަ ބަހައްޓައިގެން ކިޔަވައިދޭން ފިރިމީހާ ގެނައި ކުއްޖާއަށް އަނބިމީހާގެ އެނދުގަ ކިޔަވައިދެނިކޮށް ފެނުނު ޙާދިސާއެއްގެ ވާހަކަ-

"އަހުރެން އެހާސިއްރުން ކުރި ކަންތައް ފަޅާއެރީ ކީއްވެ؟" މިއީ ގިނަ ބައަކަށް ކުރެވޭ ސުވާލެކެވެ. މިބުނެދެނީ އެކަން މެދުވެރިވާ ސަބަބެވެ. އެހާސިއްރުން ކުރިކަންތައް ބޭޒާރުވަނީ ކީއްވެގެން ކަމެވެ.  

އިންސާނުންގެ ޢަމަލުތައް ނުބައިވާވަރަކަށް އިންސާނުންގެ މައްޗަށް ޝައިޠޯނާގެ ބާރުގަދަވާން ފަށާނެއެވެ. އެއީ ޝައިޠޯނާގެ ސަބަބުން މެދުވެރިވާ ކަމެއް ނޫނެވެ. އެމީހަކު އަމިއްލައަށް ޝައިޠޯނާއަށް ދައުވަތު ދީގެން ޝައިޠޯނާލައްވައި ލިބިގަންނަ ޙާލަތެކެވެ.  

ކޮންމެއަކަސް ބިރެއްނެތި ފާފަކުރަން ފެށުމުން އާޚިރަތް މަތިން ހަނދާންނެތި އަދި ބިރުކެނޑޭ ފަދައިން އަމިއްލަ ޙަޔާތާއިމެދުވެސް ވިސްނުން ކުޑަވެ ދެމަފިރިން ވަކިވެދާނެކަމުގެ ބިރުކުޑަވެގެންދާނެއެވެ. އެހިސާބުން ޝައިޠޯނާ ބުނާނެއެވެ. "ކަލޭކުރާނެ ކަމެއް ކުރާށެވެ! ބައިވެރިޔާއަކަށް ނުއެނގޭނެއެވެ.!"  

މިހެން ބުނެ ނުބައި ޢަމަލުތައް ކުރުވާފައި ފަޅާއަރުވާލާނީވެސް ހަމަ ޝައިޠޯނާއެވެ. ތިރީގައި އެވަނީ މިބަޔާންކުރި މަގުން ކަންކަން ހިނގާފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ފިރިމީހާއަށް ޝައިޠޯނާ ވިސްނައިދިނީ އަނބިމީހާ އޮފީހުގައިވީމާ ސިއްރުން ފާފަކުރަން އޮތް ފުރުޞަތެއްކަމަށެވެ. އަނބިމީހާއަށް ވިސްނައިދިނީ ގެއަށް ގޮސް ކޮޓަރީގެ ދޮރުހުޅުވުމަށެވެ. ނަތީޖާއަކީ ޝައިޠޯނާ އެންމެ އުފާވާކަންތައް ހިނގުމެވެ. ދެމަފިރިން ވަކިވުމެވެ.  

ވިދާޅުވެލައްވާށެވެ!  

އަހަރެންގެ ފިރިމީހާއަކީ މާތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ކުޑަވަރެއްގެ ވިޔަފާރިވެރިއެކެވެ. އެއް ދުވަހަކު ގެއަށް އައީ ހަގު އުމުރުގެ އަންހެން ކުއްޖަކު ގޮވައިގެންނެވެ. ބުނީ އެއީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް ކަމަށާއި ދަރިފުޅު މާލޭގައި ކިޔަވަން ބަހައްޓާފައި ހުރިގެއިން އިހާނެތިކޮށް ކަންކަން ކުރާތީ އޭނާ އެދިގެން މިއަހަރު ނިމެންދެން މިގޭގައި ބަހައްޓާލަން ގެއަށް ގެނައީ ކަމަށެވެ. އަދި މިއީ އޭނާގެ ފަހު އަހަރުކަމަށްވުމުން ރަނގަޅު މާޙައުލެއް ބޭނުންވާތީ އޭނާއަށް އެހީތެރިވެދިނީ ކަމަށެވެ.  

އެހެން ބުނުމުން ދެކޮޅެއް ނުހަދަމެވެ. އެފަދަ ޙާލެއްގައި ހުރި ކުއްޖަކަށް އެހީތެރިވުމަކީވެސް އަޅުކަމަކަށްވާތީ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެކުއްޖާ އަޅުގަނޑު ބުނާ ގޮތަށް ކަންކަން ނުކުރާތަނުގައި އަޅުގަނޑަށް އަމުރުކުރަން ފެށުމުން ކުޑަކޮށް ކަންބޮޑުވިއެވެ. ފިރިމީހާ ގާތުގައި އެވާހަކަ ދެއްކީމާ ބުނަނީ އެގޭގައި އުޅެންޖެހުނު ގޮތުން ސިކުނޑިއަށް އަސަރުކޮށްފައިވާތީ މެދުވެރިވާ ކަންކަން ކަމަށެވެ.  

އެހެން ބުނި ނަމަވެސް އަޅުގަނޑަށް އެވާހަކަތައް ޤަބޫލުކުރަން އުނދަގޫވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އެހެން ހުރެފައި ހޮނިހިރު ދުވަހަކު އަޅުގަނޑު އޮފީހުގައި ހުރެފައި ކަމަކު ގެއަށް އާދެވުނު އިރު އެކުއްޖާ ފެންނާކަށް ނެތެވެ. ގޮސް އޭނާގެ ކޮޓަރި ބެލިއިރު އެކޮޓަރިއަކުވެސް ނެތެވެ. ދެން މަޑުމަޑުން ގޮސް އަޅުގަނޑުމެން ދިރިއުޅޭ ކޮޓަރީގެ ދޮރުފަތުގައި ކަންފަތް ޖެހުމުން ބައަކު ވާހަކަދައްކާކަން އެނގުނެވެ.  

ތަޅުދަނޑި ޖަހައި މަޑުމަޑުން ހުޅުވާލަން ހިފިތަނާ ހުޅުވިއްޖެއެވެ. ދެމީހުން ތިބީ އެނދުގައެވެ. މިވަރުން ފުއްދައިލާށެވެ. އަޅުގަނޑަށް ބުނެވުނެވެ. "ތިއަ ކިޔަވައިދިނުން މިގެއަކު ކުރިއަކަށް ނުގެންދެވޭނެއެވެ. މިއީ އަހަރެންގެ ގެއެވެ. ދެމީހުންވެސް އަވަހަށް މިގެއިން ނުކުންނާށެވެ."   

ދެމީހުންވެސް ބަހަނާތައް ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އަޅުގަނޑު އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެމެވެ. ވަގުތުން ދެމީހުން ގެއިން ނެރެލީއެވެ. ފަހުން އަޑުއިވުނު ގޮތުގައި އެކުއްޖާ ބަލިވެ އިނދެ ވިހެއީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިޒަމާނުގައި ހާލުގައި ހުންނަ ކުއްޖަކަށް އެހީތެރިވާން ނަމަވެސް ގޭގައި ބެހެއްޓުން މިވަނީ ވަރަށް ނުރައްކައުތެރިކަމަކަށްވެފައެވެ. ފިރިން ދައްކާ ވާހަކަތައްވެސް ރަނގަޅަށް ދެކޮޅު ނުބަލައި އަޑުއަހާނަމަ ގިނަ ފަހަރަށް ލިބެނީ މިފަދަ ބޮޑެތި ގެއްލުމެވެ.  

ނުބައިކަމެއް ފެންނަންދެން އިތުބާރުކުރަންވާނެ ކަމަށް ބުނާ ބަހަށް ޢަމަލުކޮށްގެން މިހާރަކު ފުދޭކަށް ނެތެވެ. ކިރިޔާވެސް އިތުބާރެއް ކޮށްފިނަމަ މިއޮންނަނީ ބޮނޑިދަށުލައިފައެވެ. މިހިރީ ހައްތާވެސް ވިސްނަން ޖެހިފައިވާ ކަންކަމެވެ.

 

- ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން