ޢިއްދައިގަ އިންނަން ނުޖެހޭނެ ސަބަބާ އިންނަން ޖެހޭނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޢިއްދައިގަ އިންނަން ނުޖެހޭނެ ސަބަބާ އިންނަން ޖެހޭނެ ސަބަބު-

ﷲ ތަޢާލާގެ ޙުކުމް ފުޅަކަށް ބަދަލުގެނައުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އޮތީ ބަލައިގަނެ ޢަމަލުކުރުމެވެ. އެހެންކަމާއިއެކުވެސް ބައެއް ކަންކަމުގައި ސުވާލު އުފައްދާ ބައަކު އުޅެއެވެ. ސުވާލު އުފައްދާ އެއްކަމަކީ ޢިއްދައިގަ އިންނަން ޖެހުމާއި ޢިއްދައިގެ މުއްދަތެވެ. ލެބޯޓްރީ ޓެސްތަކުން ނުފުދެންވީ ކީއްވެ ކަމެވެ. ޢިއްދައިގަ އިނުން ފަދަ ކަންކަމަކީ ސުވާލު އުފެއްދިޔަސް ދީނުގައި އޮތް ގޮތް ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. 

ދެމަފިރިންގެ މެދުގައި މައްސަލަޖެހިގެން ގިނަ ދުވަސްތަކެއްވަންދެން އެއްދާން ނުކޮށް ދުރުގައި ތިބޭފަހުން ކޯޓުން ވަރިކޮށްދިނުމުން ނުވަތަ ފިރިމީހާ ވަރިކުރުމުން އަވަހަށް ކައިވެނިކުރަން ބޭނުންވެ، ޢިއްދައިގެ މުއްދަތަށްވުރެ ގިނަ ދުވަހު އެއްދާން ނުކުރާއިރުވެސް ޢިއްދައިގެ މުއްދަތު ހަމަކުރަންޖެހޭނެކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ.  

އެފަދައިން ސުވާލުކުރައްވާ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އެންމެ ރެއަކު އެއްދާންކޮށްފައި އަހަރުވަންދެން ދުރުގައި ތިބިނަމަވެސް ޢިއްދަ ހަމަކުރަންޖެހޭނެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

މަދުން ނަމަވެސް ކައިވެނިކުރުމަށްފަހު ރޭނުކޮށް ވަރިކުރެއެވެ. އެފަދަ ކައިވެނިވެސް ވާނީ ކައިވެންޏަކަށެވެ. ނަމަވެސް ޢިއްދައިގަ އިންނާކަށް ނުޖެހޭނެއެވެ. އެއީ ދެމީހުންގެ މެދުގައި އަނބިފިރިކަމުގެ ގުޅުން ހިންގާފައި ނުވާތީއެވެ.

ނަމަވެސް ކައިވެނިކޮށް އެކުގައި ރޭކޮށްފައިވާނަމަ ގުޅުން ނުހިންގައި ކިތަންމެ ގިނަ ދުވަހަކު ތިބެފައި ވަރިކުރިނަމަވެސް ޢިއްދަ ފުރިހަމަކުރަންވާނެއެވެ. މިއީ މުޅިން ތަފާތު ދެ ކަމެކެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން