ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ޕާކްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ޕާކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނާ ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.

މި ސްޕޯޓްސް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމާއި، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފްގެ އިތުރުން އެ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މި ސްޕޯޓްސް ޕާކަކީ ކުޑަކުދިންނަށްވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްގެން ތަރައްޤީކުރާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ޓާފް އަޅައިގެން ތަރައްޤީކުރާ ފުޓްސަލް ދަނޑަކާއި، 3 އޮން 3 ބާސްކެޓްބޯޅަ ކުޅެވޭނެ ކޯޓެއް އެ ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، މިހާރުވެސް އެ ސަރަހައްދުގައި ބޭނުންކުރަމުން އަންނަ ވޮލީ ކޯޓުވެސް މި އައު ސްޕޯޓްސް ޕާކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަޝްރޫޢަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅޭނެ އިތުރު ފުރުޞަތުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މިއަދު އޮންލައިން