ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ، މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.

ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ރ. ވާދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން ޞިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ ވާދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓު ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މުވައްޒަފުންނަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ.

މީގެއިތުރުން، ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ވާދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަކީ އެރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން