ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން ޗައިނާ އާއި މެލޭޝިއާގެ އިންވެސްޓަރުންނާއެކު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން ޗައިނާ އާއި މެލޭޝިއާގެ އިންވެސްޓަރުންނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުންނާއި، އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ޗައިނާ އާއި މެލޭޝިއާގެ އިންވެސްޓަރުންނާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޗައިނާ އަދި މެލޭޝިއާގެ އިންވެސްޓަރުންނާއެކު ބޭއްވުނު މި މަޝްވަރާތަކުގައި ރާއްޖޭގައި ހުރި ސްޓްރެޓީޖިކް އިންވެސްޓްމެންޓް ފުރުސަތުތަކާއި، ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަށް ބަލާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިންވެސްޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މުހިންމު ދާއިރާތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ވަނީ އަރުވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފަހި މާހައުލާއި، އިންވެސްޓަރުންނަށް ބޭނުންވާ ގާނޫނީ އަދި ގަވާއިދުގެ އޮނިގަނޑުތަކާ ގުޅޭ ތަފްސީލުތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އިގްތިސާދީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެނައުމަށް މަގުފަހިކުރުމެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެ ވުޒާރާއިން ގަބޫލުކުރެއެވެ.

މިއަދު އޮންލައިން