ލޯބިވެރިން ގިނަވެ ހެދުނު އެންމެ ގޯހަކުން އެންމެ ލޯބިވާ، އެންމެ ތަނަވަސް މީހާ ގެއްލުނު އަންހެނެއްގެ ވާހަކަ- ލޯބިވެރިންކަމަށް ހެދިގެންއުޅޭ ކޮންމެ މަކަރުވެރިއަކަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ލޯބިވެރިން ގިނަވެ ހެދުނު އެންމެ ގޯހަކުން އެންމެ ލޯބިވާ، އެންމެ ތަނަވަސް މީހާ ގެއްލުނު އަންހެނެއްގެ ވާހަކަ- ލޯބިވެރިންކަމަށް ހެދިގެންއުޅޭ ކޮންމެ މަކަރުވެރިއަކަށް އަގުހުރި ފިލާވަޅެއް!

އެއީ ތަނަވަސް މީހެކެވެ. ތަނަވަސް މީހުންގެ ތެރެއިންވެސް ކުރީ ސަފުގައި ހުރި މީހެކެވެ. އަންހެނަކު ދެކެ ލޯބިވެ އެކުގައި އުޅެމުން އައިސް ކައިވެނިކުރާނެ ދުވަސް ކަނޑައަޅަން ހަމަޖެހިފައި އޮތީ އަންހެންކުއްޖާގެ އުފަންދުވަހުއެވެ.  

އެދުވަހު ހަވީރު ހަދިޔާތައް ހިފައިގެން އެގެއަށްގޮސް ހުރީ ފިލައެވެ. ހަދިޔާތައް ވެއްދީ އެކުވެރިންގެ އަތަށް ދީފައެވެ. ހަދިޔާތައް ފޮނުވީ ކާކުތޯ ސުވާލުކުރުމުން އެކުވެރިން ބުނީ ލޯބިވެރިޔާކަމަށެވެ. ހަދިޔާތައް ފެނުމުން އުފާވެފައިހުރިވަރުބޮޑުކަމުން އެއްލޯބިވެރިއަކަށް ގުޅައި އަނެއް ލޯބިވެރިއަކަށް ގުޅަމުންގޮސް 3،4 ލޯބިވެރިންނަށް ގުޅުނުއިރުވެސް ހަދިޔާތައް ފޮނުވި ލޯބިވެރިއަކާއި ދިމާނުވުމުން އެކުވެރިން ބުނީ ހަދިޔާތައް ފޮނުވި ލޯބިވެރިޔާ ފުރަގަހުގައި ތިއަހުރީ ކަމަށެވެ.  

ބަލައިލިއިރު އަދި އޭނާއަށް ނުވެސްގުޅެއެވެ. ބުނާނެ އެއްޗެއް ނުއެނގި އެނބިރެލިތަނުން އޭނާ ބުންޏެވެ. "އަހުރެން އުންމީދުކޮށްގެން މިހުރީ ތިބާގެ ހުރި ހަމައެކަނި ލޯބިވެރިއަކީ އަހުރެން ކަމަށެވެ. އެހެންކަމުން ތިބާ ބޭނުންވެގެންހުރިކަން އެނގޭ ހުރިހާއެއްޗެއް ގަނެގެން އައިއިރު މިވީ ތިބާގެ އެތައް ބައިވަރު ލޯބިވެރިން ތިބޭ ކަމަށެވެ. އަދިވެސް ބުނަންހެއްޔެވެ؟ އަހުރެން ނިންމައިގެންހުރީ މިއަދަކީ ތިބާގެ އުފަންދުވަސްކަމަށްވުމުން ކައިވެނިކުރާނެ ދުވަސްވެސް މިއަދު ނިންމުމަށެވެ. އެކަމަކު އެހުރިހާ ކަމެއް މިއަދުގެ މިވަޤުތުން ފެށިގެން މިނިމުނީއެވެ. އަހުރެންގެނައި އެއްޗެތި ހިފައިގެން އަހުރެން މިދަނީއެވެ."  

ވީދެރައިން ނިންމީ އެދުވަހު ގެއިންވެސް ނުނުކުތުމަށެވެ. އެކި ލޯބިވެރިން އެކިވަޤުތު ގެއަށް އައެވެ. ކޮންމެ މީހަކުވެސް ކުޑަކުޑަ ހަދިޔާއެއް ހިފައިގެންނެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އެރޭ އޭނާއާއިއެކު ހޭދަކުރުމަށެވެ. ވެފައިހުރިދެރައިން އެއްވެސް މީހެއްގެ އެއްވެސް ހުށަހެޅުމެއް އޭނާ ޤަބޫލެއް ނުކުރެއެވެ. ނިދަން އޮވެގެން ވަރަށް ވިސްނާފައި ތަނަވަސް ލޯބިވެރިޔާއާއި ގުޅަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ހުރިހާ ނަންބަރުތަކެއް ހުރީ ބްލޮކްކޮށްފައެވެ.  ލިބުނު މާޔޫސްކަމުގައި ނުވެސް ނިދުނެވެ.  

މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިވީޑިއޯ ގިނަ ބައަކަށް ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ހަމަ ނަޞީޙަތެއްގެ ގޮތުންނެވެ. އެނަޞީހަތަކީ ލޯބިވެރިންގެ ނަމުގައި މަކަރުވެރިންނަށް ނުވުމެވެ. މަކަރުވެރިންނަށް ނިމުން އަންނާނީ މިފަދަ ހިތިގޮތަކަށެވެ.

 

- ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން