ދިވެހިންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ބިސްކޯދުގެ ބްރޭންޑެއް ކަމަށްވާ "ޖޭކޭ" ގެ ބާވަތްތައް އަނެއްކާވެސް ފަސޭހަކަމާއެކު އަތްފޯރާ ފަށަށް ގެނައުމަށްޓަކާ އުފަންވެލި ޝޮޕްތަކުގެ ހަރުތަކާ ހަމަޔަށް ގެނެސްފައިވާކަމަށް، އެބާވަތް އިމްޕޯޓް ކުރާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހާމަ ކޮށްފިއެވެ.

ޖޭކޭ ބްރޭންޑުގެ ބިސްކޯދަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެންވެސް ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބާވަތެކެވެ. ރަހަޔަށާ ކޮލިޓީ އަށް ބަދަލެއް ނައިސް އަހަރުތަކެއްވަންދެން ބިސްކޯދުގެ ކޮލިޓީ ހިފަހައްޓާފައި ވުމާއި އެކު ޖޭކޭ ބިސްކޯދަށް އާންމުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ އިތުބާރު އުފެދިފައެވެ.އެހެން ކަމުން އަނެއްކާވެސް މިބާވަތް ތިޔާގިކޮށް ރީޓެއިލް ފިހާރަތަކުންނާއި ގޭގޭ ކާމޭޒު ތަކުގެ މަތިން ލިބެން ފެށުމަކީ ގިނަބަޔަކަށް ވަރަށް އުފާވެރި ހަބަރަކަށް ވަނީ ވެގެން ގޮސްފައެވެ.
މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓް ކޮށް ވިއްކާ ޖޭކޭ ބްރޭންޑްގެ ގިނަ ބާވަތްތަކުގެ ތެރޭގައި ،
ކްރީމް ކްރެކާ ދަޅު
ކްރީމް ކްރެކާ ޕެކެޓް ، އަދި
ޖެމް ބިސްކޯދު، ނުވަތަ މާޖެހި ކުދި ބިސްކޯދު ހިމެނެއެވެ.

ބިސްކޯދުގެ މީރު މިބާވަތްތަކަކީ ކޮންމެ ދުވަހެއްގެ ސައި ގަޑިތަކަށާ،މެހްމާނުންނަށް މަރުހަބާ ކިއުމަށް ބޭނުން ކުރުމަށާ، އަދި ކެފޭތަކާ ރެސްޓޯރަންޓް ތަކުގައިވެސް އެކި ގޮތްގޮތަށް ބޭނުން ކުރުމަށް އެކަށީގެންވާ މޮޅު ބާވަތްތަކެކެވެ.ޖޭކޭ ބްރޭންޑުގެ ކްރީމް ކްރޭކާ އަކީ އަހަރުތަކެއް ކުރިންފެށިގެންވެސް ދިވެހި އާއިލާ ތަކުގެ މެދުގައި މަގްބޫލް ބާވަތަކަށްވާއިރު ޖެމް ބިސްކޯދު ނުވަތަ މާޖެހި ކުދި ބިސްކޯދަކީވެސް އޭގައި ހިމެނޭ ރީތި ކުލަތަކުގެ ސަބަބުން ކުޑަކުދިންގެ މަގްބޫލްކަން ލިބިފައިވާ ބާވަތެކެވެ.
މިފަދަ މަގްބޫލް ލުއިކާނާގެ ބާވަތްތައް ހެޔޮއަގެއްގައި ފޯރުކޮށް ދެވެމުން ދާތީ އެކަމާ ވަރަށް އުފާވާ ކަމަށް މަޑިހާ ކޮމްޕެނީން ބުނެފައި ވެއެވެ.
މިބާވަތްތައް ހޯލްސޭލްކޮން ބޭނުން ފަރާތްތަކުން މަޑިހާ ޑިސްޓްރިބިއުޝަން ނެޓްވަކްއާއި ގުޅަމުން ގެންދިއުމުން އެކަން ހަމަޖެހޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. (3323628 ހޯލްސޭލް) މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުންވެސް ފަސޭހަކަމާއެކު ރީޓެއިލްކޮން ލިބެން ހުންނާނެ ކަމަށް މަޑިހާ ކޮމްޕެނީން ބުނެފައި ވެއެވެ. އަދި މިބާވަތްތަކަށް އޮތް ޑިމާންޑް އިތުރު ވާތަން ފެނުމަކީ މިފަދަ މަގްބޫލް ބާވަތްތައް ފޯރުކޮށް ދިނުމަށް ހުންނަ ޝައުގުވެރިކަމާއި ކޮމިޓްމަންޓް އިތުރު ވެގެންދާ ކަމެއް ކަމަށްވެސް މަޑިހާ ކުންފުނިން ބުނެފައި ވެއެވެ.