ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ތިމާވެއްޓާ ބެހޭ ވަޒީރު ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ތިމާވެއްޓާ ބެހޭ ވަޒީރު ފައްޓަވައިދެއްވައިފި

ލާމު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޡާރިޤު އިބްރާހީމެވެ.

އާރުޓީއެލްގެ އުޞޫލުގެ ދަށުން، ކޮންމެ އަތޮޅެއްގައިވެސް ޚިދުމަތް ފަށަނީ އެއް ހަފުތާގެ މުއްދަތަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި ހިލޭ ދަތުރުކުރެވޭ ގޮތަށެވެ. މި މުއްދަތަށްފަހު، އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތަކާ ގުޅުވާލެވޭ ރޫޓުތަކުން އަގު ނަގަން ފަށާނެއެވެ. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ދޭ މި ޚިދުމަތް ލ. އަތޮޅުގައިވެސް ކުރިއަށްދާނީ ރައްޔިތުންނަށް އަތްފޯރާފަށުގެ ހެޔޮ އަގުތަކެއްގައެވެ.

ލ. އަތޮޅުގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 48 މީހުންގެ ޖާގައިގެ ޒަމާނީ 2 ލޯންޗެވެ. މީގެ ތެރެއިން ކޮންމެ ލޯންޗެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ 4 ޖާގަ ހިމެނެއެވެ. މި ލޯންޗުތަކަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ބަނދެފައިވާ އުޅަނދުތަކެކެވެ.

މި ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކުވެސް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން