އެއީ ތަނަވަސް މީހެކެވެ. އަނބިމީހާއަށްވެސް ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. އެކަމަކު އަނބިމިހާއަށް އެވަރެއް ނުވިސްނެއެވެ. ކިރިޔާ ފުރުޞަތެއް ލިބޭއިރަށް އަވަށްޓެރި ޒުވާނަކު ގެއަށް ވައްދައެވެ. އެކަމަށް ޝައްކުކުރެވެން ފެށުމުން ފިރިމީހާ އައީ އެކަމަށް ފާރަލަމުންނެވެ. ފާރަލަމުން އައިސް 2،3 ދުވަހު ވަގުހިފުމަށްފަހުގައިވެސް ނުފެންނަކަމަށް ހަދައިގެން ހުރީއެވެ. އަނބިމިހާއަށް ބަހެއްވެސް ނުބުނެއެވެ.
އެއްދުވަހު އަނބިމީހާ ބޭރުން ގެއަށްއައިއިރު ފިރިމީހާ އިނީ އަންހެނަކާއިއެކު ކާށެވެ. އަނބިމިީހާ އިންތިހާއަށް ރުޅިގަދަވެ ގޮވާނެ ވަރަކަށް އެއްޗެތިގޮވައި ނިންމުމުން ފިރިމީހާ ބުނީ ކާންމިތިބީ ސިޓިންރޫމްގައެވެ. ކޮންމެ ދުވަހަކު އަވަށްޓެރިޔާ ގެންގޮސް ކޮޓަރިއަށް ވައްދައިގެން އަޅުކަންކުރަމު ނޫންހެއްޔެވެ؟ އަހުރެން އަނގައަކުން ނުބުނަމެއް ނޫންހެއްޔެވެ؟ އެހެންވީއިރު މިވަރުކަމަކާ ތިއަހާވަރަށް ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟
އަނބިމީހާ ބުނީ ހަމަމިހާރު ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. ބޭނުމީ އޭނާނަމަ އަހުރެން ވަގުތުން ނުކުމެގެންދާނީ ކަމަށެވެ. ފިރިމީހާ ބުނީ ތިއަހައި ބޭވަފާތެރި އަންތބަކު އިޚްތިޔާރު ނުކުރާނެ ކަމަށެވެ. ދެން މިގޭގައި އިންނާނި މީނާކަމަށެވެ.
ފިރިމީހާ އެެހންއ ބުނުމުން ފިރިމިހާގެ ނިންމުން ބަދަލުނުކުރާނެކަން އަނބިމީހާއަށް އެނގެއެވެ. އަދި ކުށްވެރިއަކީ އޭނާ ކަމާއި ފިރިމީހާއަކީ ބޭވަފާތެރިކަން ބަލައިގަންނާނެ މީހަކު ނޫންކަންވެސް އެނގެއެވެ. މިހުރިހާ ކަންކަން އެނގިހުރެވެސް ހެދުނު ގޯސްތަކަށް ދެރަވެ ހިތާމަކުރަމުން ގެއިން ނުކުމެގެން ދިއައީއެވެ. އެހައި ރަނގަޅު، އަދި ތަނަވަސް ފިރިއަކު ގެއްލުނީތީ ބާރަށް ރޮއި ކަރުނައަޅަމުންނެވެ.
އަނބިމީހާ ގެއިން ނުކުމެގެން ދިއުމުން ދެން ފެށުނީ ބޮސް އާއި ސެކެޓްރީގެ ބައެވެ. ސެކެޓްރީ ސުވާލުކުރީ ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނެތިވެސް ގެއަށް ގެނެސް ތިއަގޮތަށް ކަންތައްކުރީ ކީއްވެގެންތޯއެވެ؟ ބޮސްގެ ޖަވާބަކީ "ސެކެޓްރީއަށް އިތުބާރުކުރާތީއެވެ. އަހުރެން ލޯބިވެރިއަކު ގެއަށް ގެނައިމާ ކުރާ އަސަރު އަނބިމީހާއަށް އިހްޞާޞްކުރުވާށެވެ. އެކަމަކު މިގެނައީވެސް މުބައްޒިފެކެވެ. ތިބާ ގެނައި ބޭނުން ކިތަންމެ ރަނގަޅަކަށްވެސް ފުދިއްޖެއެވެ. ދެން ކާރުގައި ގެއަށްދާށެވެ."
ސެކެޓްރީ ބުންޏެވެ! "ބޮސްއެވެ! ބޮސް އަބަދު އަހުރެންނަށް ބުނާ ބަސް ބޮސްއަށް މިއަދު ބުނަން ބޭނުމެވެ. "ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާށެވެ. ބުނާބަހާ އެއްގޮތަށް ޢަމަލުކުރާށެވެ. ނޫންނަމަ އެއީ އަނިޔާވެރިވުމެވެ. ދެން ބޮސް ދެންމެ ތިއަބުނީ ދެން މިގޭގައި އިންނާނީ އަޅުގަނޑު ކަމަށެވެ. ވީމާ އަޅުގަނޑު މިގެއަކުން ދެން ނުނުކުންނާނަމެވެ. ބޮސް ބޭނުމިއްޔާ ބޮސްއަށް ނުކުމެގެން ދެވިދާނެއެވެ. ބޮސްގެ ބަހާ އެއްގޮތަށް ބޮސްވެސް ޢަމަލުކުރަންވާނެ ނޫންހެއްޔެވެ؟ މިއީ ދުލުން ނުބުންޏަސް، ޢަމަލުން ނުދެއްކިޔަސް ހާދަ ގިނަ ދުވަހު ކުރަމުން އައި އިންތިޒާރެއްގެ ނިމުމެވެ."
ބޮސްއަސް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އިރުކޮޅަކު އޭނާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ. "ކާރުގައި ގޮސް ބޭނުން ހެދުމަކާ ރީތިވާނެ ސާމާނު ގަނެގެން އަވަހަށް ގެއަށް އަންނާށެވެ. މިރޭ ކައިވެނިކުރާނަމެވެ." ދެން ދިއްކޮށްލީ ކޭޝްކާޑެވެ.
އެކައިވެންޏަށް މިހާރު 12 އަހަރެވެ. ދަރިންތަކެއްވެސް ލިބިއްޖެއެވެ. ކުރިއަށްދަނީ އެންމެ ދުޅަހެޔޮކަންމަތީގައެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. "ސްމާޓް އަންހެނުން މާސްމާޓް" ސިލްސިލާއަށް އަޅުގަނޑުގެ ފަރާތުން ހަދިޔާއެކެވެ.
- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް