މިއަދުން ފެށިގެން އާސަންދައިން އެމްބިއުލާންސް ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މިއަދުން ފެށިގެން އާސަންދައިން އެމްބިއުލާންސް ލިބޭނެ

މިއަދުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

މިއީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ގިނަ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

މި އުފާވެރި ޚަބަރު ދެއްވީ މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވީ މި ނިންމުމަކީ ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

މިގޮތަށް ނިންމަވާފައިވަނީ މާލީ ގޮތުންނާއި ތަންފީޒީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށްފަހު ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން