ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ހޯދަން ކުރިމަސައްކަތުން ވަރުގަދަ ފިލާވަޅެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ހޯދަން ކުރިމަސައްކަތުން ވަރުގަދަ ފިލާވަޅެއް ލިބުނު އަންހެނެއްގެ ވާހަކަ-

އެއީ ސްކޫލްއިރުންސުރެ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެއެކުވެރިންނެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވެ ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން އުޅެމުން އައީ ވަރަށް ލޯބިންނެވެ. އެކަމަކު 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ފިރިމީހާ ކަންބޮޑުވެފައި ހުއްޓައި އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ އެދޭތެރެއަށް ވަދެ ދެއަންތބަށް ކައިވެނިކުރީއެވެ.  

އެކައވެންޏަށް 2 ވަނަ އަހަރު ދަރިއަކު ލިބި އެދެމަފިރިން މާލޯބިން އުޅެންފެށުމުން ޙަސީނާ (ދޮށީއަނބިމިހާ) އަކަށް ކެތެއް ނުކުރެވުނެވެ. ބުންޏެވެ. "ނިންމާނެ ގޮތެއް އެނގޭނީ ތިބާއަށެވެ. ކޮންމެވެސް އެކަކު އިޚްތިޔާރުކުރާށެވެ. އަހުރެންނަށް ފަހަރެއްގައި ދުވަހަކުވެސް ދަރިއަކު ނުލިބިދާނެއެވެ. އެކަމަކު މިވޭނަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ."  

ފިރިމީހާ ވިސްނާލަން އިރުކޮޅަކު ހުރެފައި ބުންޏެވެ. "ތިއަގޮތަށް ތިބާ ނިންމައިފިނަމަ އަހުރެން އިޚްތިޔާރުކުރާނީ ހަސީނާއެވެ. ދަރިފުޅުދެކެ ވާލޯބިން ސަމީހާއާއިއެކު އުޅެވުނަސް އަހުރެންގެ ހިތް އަދިވެސް އޮތީ ޙަސީނާ އާއިއެކުގައެވެ. އެއީ ދަރިއަކު ދުވަހަކު ނުލިބުނަސް ބަދަލުވާނެ އެއްޗެއް ނޫނެވެ."  

ސަމީޙާއަށް ބުނެވުނެވެ. "އެއްވެސް މީހެއްގެ ހިތުގެ ލޯތްބަކީ ގަދަކަމުން އަތުލައިގަނެވޭނެ އެއްޗެއް ނޫންކަމުގެ ހެކި މިފެންނަނީއެވެ. ކައިވެނިކުރެވުނީ އަހުރެން ތިބާގެ ހިތުގެ ލޯބި ހޯދަން މަސައްކަތްކުރާތާ 3 އަހަރު ފަހުންނެވެ. ކައިވެންޏަށްފަހުވެސް މިކުރީ އެމަސައްކަތެވެ. ދަރިއަކުވެސް ވިހައިދީފީމެވެ. ދަރިފުޅުދެކެ އިންތިހާއަށް އެބަ ލޯބިވަމުއެވެ. އެކަމަކު ތިއަ އިޚްތިޔާރުކުރީ ޙަސީނާއެވެ. މިހިސާބުން އަހުރެން ތިބާއާއި މިވަކިވީއެވެ."

ޙަސީނާއަށް ބުނެވުނެވެ. "ނާހަމަތެދެއް ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެގެން އަހުރެންގެ އެހީތެރިކަންވެސް ހޯދަމުން 3 އަހަރުވަންދެން އަހުރެންގެ ލޭބުއީތާއެވެ. އެކަމަކުވެސް މާފުކޮށްފީމެވެ. އެއީ ފިރިމީހާއަށް ލިބިފައިވާ ދަރިފުޅަށްޓަކައެވެ. އެދަރިފުޅަށް ބައްޕަ ދޭންޖެހޭ ލޯތްބަށް ހުރަސް އަޅަން ބޭނުންނުވަތީއެވެ."  

އެއިގެ ފަހުން 14 މަސްވީދުވަހަކީ ޙސީނާ ބަލިވެ އިނދެ ވިހެއިދުވަހެވެ. އަދި އެދުވަސްވެގެންދިއައީ ވަރަށް ޚާއްޞަ ދުވަހަކަށެވެ. އެއީ ސަމީހާ ވިހައިގެންއުޅޭ ދަރިއަކީ އެހެން މީހަކަށް ބަލިވެ އިނދެގެން ލިބިފައިވާ ކުއްޖެއްކަން ފަޅާއެރި ދުވަސްކަމަށްވާތީއެވެ. އެކަން ބޭޒާރުވީ ހަސީނާ ވިހެއިކަން އެނގުމުން އައިރުޅީގަ އަމިއްލައަށް ބުނެވުމުންނެވެ. 

އަޅުގަނޑުގެ އެކުވެރިއަކީ ހަސީނާއެވެ. މިވާހަކަ މިއަދުނޫހަށް ހާމަކުރީ އެންމެ ގާތް އެކުވެރިން ކަމަށް ހެދިގެން އުޅޭ މީހުންގެ ޙާލަތުހުންނަ ގޮތް ބުނެލުމަށެވެ.

 

- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން