އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އޯޓިޒަމްއަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

މި ސެޝަންގެ ތެރެއިން އޯޓިޒަމް އަކީ ކޮބައިކަމާއި އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފާހަގަވާނެ ސިފަތަކާއި، މި ކުދިންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް ބަލައިލެވިފައިވެއެވެ.

މި ސެޝަންގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވާއިރު، މިއީ ވަރަށް އަގުހުރި މަޢުލޫމާތު ލިބިގެންދިޔަ މަޢުލޫމާތު ސެޝަނެއްގެ ގޮތުގައި އެފަރާތްތައް ވަނީ ސިފަކޮށްފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން