މިއަހަރުގެ މިހާތަނަށް 14 ކަނދުފަތި އަޅާފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިއަހަރުގެ މިހާތަނަށް 14 ކަނދުފަތި އަޅާފައިފި

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 14 ކަނދުފައްޗެއް އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މީގެ ތެރޭގައި މުޅިން އަލަށް ގާއިމުކުރި ކަނދުފަތިތަކާއި، މަރާމާތަށްފަހު އަލުން އެޅި ކަނދުފަތިތައް ހިމެނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު، މިދިޔަ ދެ ހަފްތާގެ ތެރޭގައި އެކަނިވެސް ވަނީ 4 ކަނދުފަތި އަޅާފައެވެ. މީގެ ތެރޭގައި ޅ. ކަނުހުރާ ކައިރީގައި މުޅިން އަލަށް އެޅި ކަނދުފަތި ހިމެނޭއިރު، ބާކީ ތިން ކަނދުފައްޗަކީ ކަނޑައިގެން ގޮސްގެން އަލުން މަރާމާތުކުރުމަށްފަހު އެޅި ކަނދުފަތިތަކެވެ.

މިއަހަރުގެ މިހާތަނަށް އަޅާފައިވާ 14 ކަނދުފަތީގެ ތެރެއިން 4 ކަނދުފައްޗަކީ މުޅިން އަލަށް އަޅާފައިވާ ކަނދުފަތިތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ވަދު ކަނދުފައްޗާއި، 1 މަސް ކަނދުފައްޗެވެ. ރާއްޖޭގައި އާންމުކޮށް އަޅަމުންދަނީ ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފައްޗެވެ.

ދޮށީގެ ކަނދުފައްޗަކީ ކަނޑުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ގާއިމުކުރާ ވަސީލަތެކެވެ. އަދި ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އަޅާ ކަނދުފަތިތަކެކެވެ.

މިއަދު އޮންލައިން