އެއީ ޢުމުރުން 60 އަހަރުގެ ފިރިހެނެކެވެ. ކައިވެނިކޮށްގެން އުޅެނީ 35 އަހަރުގެ އަންހެނަކާއިއެވެ. އެއްދުވަހު ގެއަށް އައިއިރު އަނބިމީހާ، އޭނާގެ 10 އަހަރުގެ ދަރިފުޅަށް ބުނާއަޑުއިވެނީ އެގެއިން ނުކުމެގެން އޭނާގެ މަންމަގެ ގެއަށް ދިއުމަށެވެ.
ފިރިމީހާ އެއްވެސް ޖެހިލުމެއް ނެތި އަނބިމީހާއަށް ބުންޏެވެ. "ތިއައީ އަހުރެންގެ ލެޔެވެ. އަހުރެންގެ ދަރިފުޅެވެ. މިއީ އަހުރެންގެ ގެއެވެ. މިގެއިން ނުކުމެގެން އޭނާއަށް ދާންޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. އަހުރެންގެ އަނބިމީހާއަށް ކުށެއް ކުރެވުމުން އަހުރެން އޭނާވަރިކުރުމަކީ އަދި ތިބާދެކެ ލޯބިވެވި ތިބާއާ ކައިވެނިކުރެވުމަކީ އަހުރެންގެ ދަރިފުޅަށް އެއްވެސް ދެރައެއް ލިބެންޖެހޭނެ ސަބަބެއް ނޫނެވެ. ވީމާ އަހުރެންގެ ދަރިފުޅަކީ ތިބާގެވެސް ދަރިއަކު ކަމަށް ޤަބޫލުކޮށްގެން ނުއުޅެވޭނެނަމަ ހަމަ މިހާރުވެސް ވަރިވެގެން ތިބާދާންވީއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ."
އަޅުގަނޑު އެބައްޕައަށް ސެލިޔުޓްކުރަމެވެ. އޭނާގެ ނިންމުން ވަރަށް ފުރިހަމައެވެ. ދަރިން ލިބިފައި ހުރި މީހަކާ ކައިވެނިކުރަންވާނީ ދަރިން ގެއިން ނެރެ ބޭރުކޮށްލާކަށް ނޫނެވެ. ދަރިން ގޮވައިގެން އުޅޭށެވެ. އަދިވެސް ބުނަންހެއްޔެވެ؟ ބައިވެރިޔާއަށ ލިބިފައި ތިބި ކުދިންނަށް ހެޔޮކޮށް ހިތުމަކީ ބައިވެރިޔާގެ ކިބައިން ލިބޭ ލޯބި އިތުރުވެގެންދާނެ ކަމެކެވެ. އެއީ އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެން އެމީހަކަށް ރަހްމަތް ލައްވަވާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން