ސްމާޓް އަންހެނުން މާސްމާޓް!: ޅީދަރިފުޅު އަންހެންދަރިން ވިހާތީ ފިރިހެން ދަރިފުޅެއް ވިއްސަން ގެނައި އަންހެނަކަށް ދުވެ ފިލަން ޖެއްސުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސްމާޓް އަންހެނުން މާސްމާޓް!: ޅީދަރިފުޅު އަންހެންދަރިން ވިހާތީ ފިރިހެން ދަރިފުޅެއް ވިއްސަން ގެނައި އަންހެނަކަށް ދުވެ ފިލަން ޖެއްސުވި އަންހެނެއްގެ ވާހަކަ-

އެދެމަފިރިންނަކީވެސް ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ކައިވެންޏަށް 7 އަހަރުވީއިރުވެސް ފިރިހެން ދަރިއަކު ނުލިބެއެވެ. ލިބިފައިވަނީ 3 އަންހެން ދަރިންނެވެ.  

އެއްދުވަހަކު މައިދައިތަ އަންހެނަކު ގެނެސް ދައްކާފަ ބުނީ އޭނާއާއި ކައިވެނިކުރުމަށެވެ. އޭނާ ފިރިހެންދަރިން ވިހައިދޭނެ ކަމަށެވެ. އަންހެންކުއްޖާވެސް ބުނީ އޭނާ ވިހާނީ ފިރިހެންދަރިން ކަމަށެވެ.  

އަނބިމީހާ އަނގައިންވެސް ނުބުނެ ތެދުވެގެން ދިދިއުމުން ހީކުރީ އޭނާ ބަލި ޤަބޫލުކޮށްގެން ދިއައީ ކަމަށެވެ. އެކަމަކު ތެދުވެގެންގޮސްފައި އެނބުރިއައީ ޓެސްޓްކިޓެއް ހިފައިގެންނެވެ. އައިސް އަންހެންކުއްޖާގެ އަތަށް ދިއްކޮށްލާފައި ބުނީ ފާޚާނާއަށްވަދެ ޓެސްޓްކޮށްލައިގެން ކިޓް ހިފައިގެން އައުމަށެވެ. އެހެން ބުނާއިރަށް އެކުއްޖާ ބާރަށް ހިނގާފައި ނުކުމެގެން ހިނގައްޖެއެވެ.

އެވީގޮތަކާއިމެދު ޙައިރާންވެފައި މައިދައިތަ އިންނަން ފެށުމުން ޅީދަރިފުޅު ބުންޏެވެ. "މަންމާއެވެ! ކައިވެނިކުރީންސުރެ އުޅެން މިޖެހެނީ ތިއަމަންމަގެ މަޅިތަކުން ސަލާމަތް ނުވެވިގެންނެވެ. މިއަދު ތިއައައީ ބަލިވެ އިން އަންހެނަކު ގޮވައިގެން އޭނާގެ ދަރިފުޅު މަންމަގެ ދަރިފުޅާއި ޙަވާލުކުރާށެވެ! އޭނާ އިނީ ބަލިވެ ކަމަށްވެފައި އެދަރިފުޅަކީ ފިރިހެން ދަރިފުޅެއްކަން ނުއެނގޭނަމަ ތިމާވިހާނީ ފިރިހެންދަރިންކަމަށް ބުނަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ހުއްޓުވަން އުޅުމުންވެސް ދުވެ އެފިލީ ކީއްވެގެންކަންވެސް ނުއެނގެނީ ހެއްޔެވެ؟"  

ފިރިމީހާއަށްވެސް މައިދައިތައަށްވެސް ބުނާނެ އެއްވެސް އެއްޗެއް ނުއެނގުނެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިހުރީ މިއަދު ހިނގަމުންދާ ކަންކަމެވެ. ހޭލުންތެރިވާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބެން އޮތީ ހޭލުންތެރިވެވުނު ވަރަކުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން