ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެ

މާލެ ސަރަހައްދުގައި އަލަށް ފެށި ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއް ކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ 150 ކާރާއެކުގައެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީގެ ޚިދުމަތްތައް ދޭ އުސޫލުން، ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާވެސް ބޭނުންކުރާނީ ޚިދުމަތް ތަޖުރިބާކުރުމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލު މި ޚިދުމަތަށް ހޯދުމާއި، ޓެކްސީ ލައިންގެ ޚިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ތަޖުރިބާ ހަފުތާގައި ޓެކްސީ ނެގޭނީ ހަމައެކަނި ހޮޓްލައިން ނަންބަރު މެދުވެރިކޮށެވެ. މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް ގުޅަންޖެހޭ ހޮޓްލައިން ނަންބަރަކީ 1655 އެވެ. އެހެންކަމުން، ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ކާރު ބުކް ކުރަން ބޭނުންވާ ފަރާތްތަކުން މި ނަންބަރަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިބާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން، އެމްޓީސީސީން ދަނީ މި ޚިދުމަތަށް ހާއްސަ ފޯން އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި އެޕްލިކޭޝަން ތަޢާރަފުކުރުމާއެކު، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން