ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ ޓެކްސީވޭ-ޗާލީ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވީއައިއޭގެ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ 10 އޭޕްރިލް 2025 ގައެވެ.

ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރުގެ ސަރަޙައްދެއް އަލުން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަކީ އެއާޕޯޓަށް ޖައްސާ ބޯޓުފަހަރުގެ ހަރަކާތްތައް އަވަސްކުރުމަށާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަރާމާތެކެވެ.

މަޝްރޫޢުގެ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާއިރު، މިހާރު ފަށާފައިވާ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢު ނިމުމުން ވީއައިއޭގެ ރަންވޭ އާއި ޓެކްސީވޭތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން