ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ޕްރޮޑަކްޓުތަކެއް ތައާރަފްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ޕްރޮޑަކްޓުތަކެއް ތައާރަފްކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ އެކި ކަހަލަ ޑިޖިޓަލް ޕްރޮޑަކްޓުތައް ތައާރަފްކުރަން ނިންމާފައިވާކަން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ހާމަކުރައްވައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމަތު ދެއްވަމުން ބަދުރުއްދީން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އާ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނި ހިންގާފައިވަނީ ހަމައެކަނި ފައިނޭންސިން ދޫކުރާ ތަނެއްގެ ގޮތުގައި ކަމަށް ބަދުރުއްދީން ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުންފުނީގެ އާ މިސްރާބަކީ ފައިނޭންސިންގ ޕްރޮޑަކްޓުތަކުގެ އިތުރުން ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ވިޔަފާރިތަކަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލުގެ މެދު ރާސްތާގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ބަދުރުއްދީން ވިދާޅުވީ، ސަރުކާރުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ސިޔާސަތާ އެއްގޮތަށް، އެސްއެމްއީ ޑިޖިޓަލުންދޭ ހުރިހާ ޚިދުމަތްތަކަކީ އިސްލާމިކް ޝަރީޢާ ކޮމްޕްލަޔަންޓް ޚިދުމަތްތަކަކަށް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންވެސް ބޭނުންވަނީ އެސްއެމްއީ ޑިޖިޓަލުންދޭ ހުރިހާ ޚިދުމަތަކީވެސް އިސްލާމިކް ޝަރީޢާ ކޮމްޕްލަޔަންޓް ޚިދުމަތްތަކަށްވުން. އެހެންމެ އަޅުގަނޑުމެންގެ އެ މަސައްކަތް ފަށައިގެން މިހާރު ވަރަށް ބާރު ސްޕީޓެއްގައި އެ ކުރިއަށްދަނީ،" ބަދުރުއްދީން ވިދާޅުވިއެވެ.

ބީއެމްއެލްގެ ދަށުން ހިންގާ މި ކުންފުނީގެ މައިގަނޑު އަމާޒަކީ ބީއެމްއެލްގެ ޑިޖިޓަލް ފަސްޓް ޝަރީއާ ކޮމްޕްލަޔަންޓް ސަބްސިޑިއަރީ ކުންފުންޏަކަށް ވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަދަލާއެކު ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ޚިދުމަތްތައް އިސްލާމީ އުސޫލުތަކުގެ ތެރެއިން ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން