އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ ވަކިކޮށްފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީ މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވެސް ގދ. ތިނަދޫ، ބްލެކްސްމިތު، ހުސެއިން ދީދީ ވަނީ މިއަދުން ފެށިގެން ވަކިކުރައްވާފައެވެ.

ހުސެއިން ދީދީ އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކުރައްވާފައެއް ނުވެއެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

މިއަދު އޮންލައިން