މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ރިޝްވާން އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވަކިވުމަށް ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން ހުށަހަޅުއްވާފައިވަނީ 6 އެޕްރީލް 2026 ގައެވެ. ރިޝްވާންގެ އިސްތިއުފާ ޤަބޫލުކޮށް، މިއަދުން ފެށިގެން އޭނާ ވަނީ އެ މަޤާމުތަކުން ވަކިކޮށްފައެވެ.
މުޙައްމަދު ރިޝްވާން އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީމަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.