ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މަގާމުން ވަކިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މަގާމުން ވަކިކުރައްވައިފި

ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާހިދު ރޭގެ ވަގުތެއްގައި އެ މަގާމުން ވަކިކުރައްވައިފި އެވެ.

އިބްރާހިމް ޝާހިދަކީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމުން ވަކިކުރެއްވިއިރު، އެ ކުންފުނީގައި ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.

ދައުލަތުގެ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމާއި މަގާމުން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެންނެވެ.

ޝާހިދު މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން