ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް: ސާޖިދާ

ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ސައިންސަކީ ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގެ ބިންގާ ކަމަށެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދާ ސައިންޓިފިކް ހައްލުތަކަކީ މުޖުތަމައުތައް ރައްކާތެރިކޮށްދީ، އެތައް މިލިއަން ފުރާނައެއް ސަލާމަތްކޮށްދޭ ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންސާނުންގެ ސިއްހަތާއި ދުޅަހެޔޮކަން، އަހަރެމެން ދިރިއުޅޭ މާހައުލާއި މި ދުނިޔެއާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުނާ ބަލިތައް (އެންޓިމައިކްރޯބިއަލް ރެސިސްޓެންސް) އަދި އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން މުހިންމު ކަމަށެވެ.

މީގެ އިތުރުން، އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށް އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، އެންމެނަށްވެސް ދުޅަހެޔޮ އަދި ފާގަތި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މުސްތަގުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

މިއަދު އޮންލައިން