އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. މި ލިމިޓެޑް ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެއެވެ.
މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެއެވެ. ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާއަށް ޕެޓްރޯލް އެޅުމުން އިތުރު ލިޓަރެއްގެ އަގު ކަސްޓަމަރަށް ލިބޭނެއެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ. ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެއެވެ. މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް
އެމްފައިސާ ބޭނުންކުރަން ފެށުމަކީ ވަރަށް ފަސޭހަ ކަމެކެވެ:
o ދިވެހިން: ސައްހަ އައިޑީ ކާޑު ހުށަހެޅުން (ދެ ފަރާތް)
o ބިދޭސީން: ޕާސްޕޯޓް އަދި ސައްހަ ވާކް ޕާމިޓް ލިޔެކިޔުން ހުށަހެޅުން
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޑިޖިޓަލް އިކޯސިސްޓަމް ފުޅާކުރަމުންދާއިރު، ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ފައިދާހުރި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްފައިސާ ދެމިއޮންނާނެއެވެ.