މިމަހުގެ 9 ވަނަދުވަހުން 11 ވަނަ ދުވަހަށް ހައިރައިޒް އިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ވެކޭޝަނަލް އެކްސްޕޯގައި ހުންނަ "ދަ ޓްރެވެލަރ (ދަތުރުވެރިޔާ)" ގުރޫޕުގެ ސްޓޯލަށް ވަޑައިގެން ރަޖިސްޓްރީކުރައްވައި އެއްބަސްވާ މުއްދަތުގައި ފައިސާދެއްކެވުމުން ޢުމުރާ ދަތުރުގެ އަގުން ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

މިހާރު އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވާ ދަތުރުވެރިޔާ ގްރޫޕުން ބުނީ ސްޓޯލަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުމާއިއެކު ވަޤުތުން ފައިސާ ދެއްކޭނެ ކަމަށެވެ. އިތުރު ވަޤުތު ބޭނުންވާ ފަރާތްތަކަށް ފައިސާ ދައްކަން 1 ހަފްތާގެ މުއްދަތެއްވެސް ދޭނެކަމަށެވެ.
އެމުއްދަތުގައި ފައިސާ ދެއްކެވުމުން ދަތުރުގެ އަގުން 2000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރައްވާ ބޭފުޅުންގެތެރެއިން ގުރުވަތުން ކޮންމެ ދުވަހަކުވެސް ބައަކު ހޮވައި އެމީހުންނަށް ޚާއްޞަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޖަމާޢތުން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ޢުމުރާވެރިންނަށް ޞައްޙަ މައުލޫމާތުދީ އަދި އަޅުގަނޑުމެން ދޭން އެއްބަސްވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން! އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަޅުގަނޑުމެން ޚިދުމަތްދެނީ ހަމައެކަނި ފައިދާއަށް ބަލައިގެނެއްނޫން! އެންމެ ބޮޑު ބޭނުމަކީ ޢުމުރާވެރިންނަށް އެންމެ ފުރިހަމައަށް ޚިދުމަތްދިނުން." ކަމަށް އެޖަމާޢަތުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.
ދަތުރުވެރިޔާ ޖަމާޢަތަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް އަދި އެންމެ ގިނަ ބައަކު ދާން ބޭނުންވާ ދުވަސްވަރުވެސް އެންމެ ގިނަބައަކަށް އަދި އެންމެ ފުރިހަމައަށް ޚިދުމަތްދޭ އަމިއްލަ ޢުމްރާ ޖަމާޢަތްކަން އެގްރޫޕުގެ ޚިދުމަތް ހޯދާ ގިނަބައަކު އަންނަނީ ފާހަގަކުރަމުންނެވެ. މައްކާގައިވެސް އަދި މަދީނާގައިވެސް ހޮޓާހިފާފައި ހުންނަނީ ހަރަމްފުޅާއި އެންމެ ގާތުންނެވެ. "މައްކާގައިވެސް އަދި މަދީނާގައިވެސް ތިބޭ ހޮޓަލުން ނުކުތުމުން ޙަރަމްފުޅު ފެންނާނެ! މިދަންނަވަނީ ކްލޮކްޓަވަރުގެ ވާހަކައެއް ނޫން! ޙަރަމްފުޅުގެ ވާހަކަ!"

މިއެކްސްޕޯ އޮންނާނީ އޭޕްރިލް 9 އިން 11 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ އާންމުކޮށް ހުޅުވާލާނީ ހަވީރު4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.