ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިދާރީ ހިންގުމަށް ރަނގަޅު ބަދަލުތަކެއް އައިސްފި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިދާރީ ހިންގުމަށް ރަނގަޅު ބަދަލުތަކެއް އައިސްފި: ވަޒީރު

ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިދާރީ ހިންގުމަށް ގެނެވުނު ބަދަލުތަކާއެކު، އެ ތަންތަން ހިންގުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްޙީ ނިޒާމުގެ މައި އިދާރާއާ އޮންނަންޖެހޭ ގުޅުން ކުޑަވުމުގެ ސަބަބުން، ބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިދާރީ ހިންގުމަށް މިހާރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ބަދަލުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ހެލްތު ފެސިލިޓީތައް ބާރުވެރިކުރުވުމެވެ. "ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީސްތައް ސީދާ، ހުސްއެކަނި ހެލްތު މިނިސްޓްރީއެއް ނޫން، ސީދާ މައި ސަރުކާރުގެ މައި އޮފީހާ ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. އޭގެ މާނައަކީ އެތަންތަން އެމްޕަވަރ ކުރުން، އެތަންތަން ބާރުވެރި ކުރުވުން،" ވަޒީރު ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލާއެކު، އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓު ހޯދުމާއި މުވައްޒަފުން ހޯދުމުގެ ހުރިހާ މަސައްކަތެއް އެ ރަށްރަށުގައި ކުރިއަށްދާނީ ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މިއީ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށްވެސް މި ބަދަލުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އަތޮޅުގެ އެހެން ސިއްޙީ ޚިދުމަތްދޭ ތަނަކަށް ރިކުއެސްޓްކުރުމުގެ ބަދަލުގައި، މިހާރު ކަންކަމަށް އެދި ސީދާ ސިއްޙީ ވުޒާރާއަށް ހުށައެޅޭނެ ނިޒާމެއް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން