މައްކާ ރޫޓްގެ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މައްކާ ރޫޓްގެ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނަނީ

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގައި ކުރަންޖެހޭ މަސައްކަތްތައް ފެށުމަށްޓަކައި، އެ މަޝްރޫޢުގެ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ. 2019 ވަނަ އަހަރު ފެށި މި ޚިދުމަތް، ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އެއާޕޯޓްގައި ޙައްޖުވެރިން ހޭދަކުރާ ވަގުތު ކުޑަކުރުމާއި، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ސެކިއުރިޓީގެ ކަންކަން އަވަސްކޮށް ފަސޭހައިން އިންތިޒާމުކުރުމެވެ. މީގެ ސަބަބުން ޙައްޖުވެރިން ޖިއްދާއަށް ގޮސް، އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

އެގޮތުން ޙައްޖުވެރިން ފުރުމުގެ ކުރިން، މައްކާ ރޫޓްގެ ޓީމްތައް ރާއްޖެ އައިސް، ރާއްޖޭގައި ތިބެގެން ޙައްޖުވެރިންގެ އެންމެހާ މަޢުލޫމާތުތަކާއި ބައޯމެޓްރިކްސް ނަގާނެއެވެ. އަދި އިދާރީގޮތުން ސެކިއުރިޓީގެ ބޭނުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތުތައްވެސް މި ޓީމުން އެއްކުރާނެއެވެ.

މީގެ އިތުރުން، ޕާސްޕޯޓާއި ވިސާގެ ކަންކަންވެސް މި ޚިދުމަތުގެ ދަށުން ފަސޭހަކަމާއެކު ހަމަޖެހިގެންދާނެއެވެ. މައްކާ ރޫޓްގެ ދަށުން މި ޚިދުމަތް ދެނީ އެމީހަކު ފުރާ ޤައުމަކުން ކަމަށްވާތީ، މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މިއަދު އޮންލައިން