ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް ފަށައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ބޮޑުތަކުރުފާނުމަގުގެ ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް މިހާރު ފެށިގެން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، މަޝްރޫޢުގެ ސެގްމެންޓް ފަހެއްގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސެގްމެންޓް ފަހެއްގެ ދަށުން ބިން ހިއްކުމާއި، ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެންކަރ ހަރުކުރުމާއި ކޭބަލް އެޅުމަށް ބޭނުންވާ ކަންނޭލު ނުވަތަ ޓްރެންޗް ހެދުމުގެ މަސައްކަތްވެސް އެ ސެގްމެންޓްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މި ބޮޑު މަޝްރޫޢަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން