ރަސްފަންނު މަރާމާތުކުރުމަށް ވަގުތީގޮތުން ބަންދު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަސްފަންނު މަރާމާތުކުރުމަށް ވަގުތީގޮތުން ބަންދު ކޮށްފި

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފައިވާ ގޮތުގައި، ރަސްފަންނު މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަކީ އެ ސަރަޙައްދުގެ ފެންވަރު ރަނގަޅުކޮށް، އާންމުންނަށް ބޭނުންކުރަން ފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި މަސައްކަތް ހިނގާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދު ކުރަމުންދާނެ ކަމަށެވެ. އެހެންކަމުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްފަންނަކީ ފެށުނުއިރު ވަރަށް ރަނގަޅަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއް ނަމަވެސް، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ސަރަޙައްދު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ ބައެއް ތަންތަން ހަލާކުވެ، މަރާމާތަށް ވަނީ ބޭނުންވެފައެވެ.

މިއަދު އޮންލައިން