3 އަހަރުގެ ކޮއްކޮ ބަނޑުހައިވެގެން ރޯތީ ކިރުޕެކެޓެއް ދަރަންޏަށް ހޯދަން 5 އަހަރުގެ އަންހެންކުއްޖަކު ދިއުމުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
3 އަހަރުގެ ކޮއްކޮ ބަނޑުހައިވެގެން ރޯތީ ކިރުޕެކެޓެއް ދަރަންޏަށް ހޯދަން 5 އަހަރުގެ އަންހެންކުއްޖަކު ދިއުމުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އެއީވެސް ހަމަ އުފަލުގައި ދިރިއުޅެމުން އައި ޢާއިލާއެކެވެ. 2 ދަރިން ލިބުނުތަނާ އެއްދުވަހު މަސައްކަތު ދިއަގޮތަށް ބައްޕަ އެނބުރި ގެއަކަށް ނައުދެއެވެ. ދެދަރިން ބަލަހައްޓަމުން އައީ މަންމައެވެ. އަވަށްޓެރިންނަށް މަސައްކަތްކޮސްދީގެންނެވެ.  

ދުވަސްކޮޅެއްފަހެވެ. މަންމަ ބަލިވީއެވެ. މަސައްކަތްކުރަން ނުދެވެނީއެވެ. ގެއިން ކާނެ އެއްޗެތި ހުސްވީއެވެ. 3 އަހަރުގެ ކޮއްކޮ ބަނޑުހައިވެގެން ރޮނީއެވެ. 5 އަހަރުގެ ދައްތަ ކޮއްކޮ ގޮވައިގެން ކައިރީގައި ހުރި ފިހާރައަކަށްގޮސް ކުޑަ ކިރުޕެޓެއް ނަގާފައި ސޭޓުކައިރީގައި ބުނީ ދަރަންޏަށް އެކިރުޕެކެޓް ދިނުމަށެވެ. ބޮޑުވެ މަސައްކަތްކުރެވުމުން އަގުދައްކާނެ ކަމަށެވެ. ސޭޓު އެކަމަށް އިންކާރުކުރުމުން ޙާލަތުކިޔައިދީ ކުއްޖާ ދިއައީ ސަލާންޖަހައި އާދޭސްކުރަމުންނެވެ.  

އެވަޤުތު ފިހާރަށް ވަން މީހަކަށް މިމަންޒަރު ފެނުމުން ކިރުޕެޓާއި އެހެންވެސް ބައެއް ކާބޯތަކެތި ގަނެފައި ބުނީ އޭނާއަށް ކުދިންގެ ގެ ދެއްކުމަށެވެ. އެމީހާ ކުދިންނާއިއެކު ގޮސް ގެއަށްވަދެ ކަންކަން ހުރި ގޮތް ބަލައިލާފައި ބުންޏެވެ. ކައިގެން ތިބޭށެވެ. ދެން ސަލާންޖަހާކަށް ނުޖެހޭނެއެވެ.  

އެމީހާ އެގޮތަށް ކަންތައްކުރަމުން ގޮސް އެދުނީ އަންހެން މީހާކެ ކައިވެންޏަށެވެ. އޭނާގެ ރަނގަކަމަށް ބަލައި ކައިވެންޏަށް އެއްބަސްވުމުން ކައިވެނިކުރީއެވެ. އެމީހާވީ ކުދިންގެ ބައްޕައަށްވުރެވެސް ދެކުދިން ދެކެ ލޯބިވާ މީހަކަށެވެ. އަނބިމީހާއަށްވެސް މާހެޔޮ ފިރިއަކަށެވެ.  

މިއީ އޭނާގެ އަވަށްޓެރިއަކަށް ކަންކަން މެދުވެރިވި ގޮތްކަމަށްބުނެ ސޯޝަލް މީޑިއާއިން އަޅުގަނޑުކިޔާފައިވާ ވާހަކައެކެވެ. މިހާދިސާއިން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އަދި ވަރަށް ހިތްވަރުވެސް ލިބުނެވެ. ކުރިމަތިވާ ދަތިތަކަށް ކެތްތެރިވުމުން ލައްވަވާ ބޮޑު ރަޙްމަތް އިޙްޞާޞްކުރެވުމުންނެވެ.

 

- -ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން