އަވަށްޓެރިޔާގެ އަނބިމީހާ އޭނާގެ ފިރިމީހާއާއެކު ގުޅުން ހިންގާތީ ބަދަލުހިފަން އައި އަނބިމީހާއަށް އަވަށްޓެރިޔާ ކަންތައްކުރި ގޮތް- ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަވަށްޓެރިޔާގެ އަނބިމީހާ އޭނާގެ ފިރިމީހާއާއެކު ގުޅުން ހިންގާތީ ބަދަލުހިފަން އައި އަނބިމީހާއަށް އަވަށްޓެރިޔާ ކަންތައްކުރި ގޮތް- ދަސްކުރަންޖެހޭ ފިލާވަޅެއް!

ފުރަތަމަ މިވާހަކަ އަޑު އަހާށެވެ! އަވަށްޓެރިޔާގެ އަނބިމީހާ އެގެއަށް ގޮސްބުނީ އަވަށްޓެރިޔާގެ އަނބިމީހާ އޭނާގެ ފިރިމީހާއާއިއެކު ގުޅުން ހިންގާކަމަށާއި މިއައީ ބަދަލުހިފުމުގެ ގޮތުން އަވަށްޓެރިޔާއާއިއެކު ގުޅުން ހިންގަން ކަމަށެވެ. އަދި އެކަމުގެ ހެކިތައްވެސް އޭނާގެ ފޯނުން ދެއްކިއެވެ.

އަވަށްޓެރިޔާ ބުނީ އަނބިމީހާ އެކުރަނީ ވަރަށް ބޮޑުކުށެއްކަމަށާއި ނަމަވެސް މީހަކު ނުބައި ކަމެއްކުރާތީ ބަދަލުހިފުމުގެ ގޮތުން ތިމާ ނުބައިކަމެއް ކުރުމަކީވެސް ކުރެވޭ ބޮޑު ފާފައެއް ކަމަށެވެ. ތިއަބާވަތުގެ ވިސްނުން ވިސްނައިދެނީ ޝައިޠޯނާ ކަމަށާއި ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި ފާފަކުރަން ހެޔޮނުވާނެ ކަމަށެވެ. ތިއަފަދަ ކަންކަމުގެ ޙައްލަކީ ފިރިމީހާ އިޞްލާޙްނުވިނަމަ ވަރިވެ ހެޔޮލަފާ މީހަކު ހޯދަން މަސައްކަތްކުރުން ކަމަށެވެ. އަވަށްޓެރިޔާ އެގޮތަށް ބުނުމުން އޭނާ ވަރަށް ޙައިރާންވިއެވެ. އެއީ އޭނާ ފަދަ ރީތި އަންހެނެއްގެ ދަޢުވަތު ޤަބޫލުނުކުރީތީއެވެ.  

އަވަށްޓެރިޔާ އޭނާގެ އަނބިމީހާ ވަރިކޮށް ފޮނުވައިލިއެވެ. އަނބިމީހާ މާފަށް އެދުމުން ބުނީ ޒިނޭކުރުމުގައި ދެމިހުރުމަކީ އެކަންކުރަން ދެވިހިފާ ކަމެއް ކަމަށާއި މިހާރު ތިއަހުރީ ތިއަޒާތުގެ ކަންކަން ކުރަން ދެވިހިފާފައި ކަމަށެވެ. ދެން ރަނގަޅުވާނީ ވިސްނައި އިޞްލާޙްވެ ތައުބާވުން ކަމަށެވެ. އަހުރެން ތިބާ މިވަރިކުރަނީ ލޯބިނުވާތީ ނޫންކަމަށާއި ދެން އިތުބާރުނުކުރެވޭނެތީ ކަމަށެވެ. އަބަދު ޝައްކުގެ މަތީގައި ހުންނަން ބޭނުންނުވާތީ ކަމަށެވެ.  

މިހާދިސާއިން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ އަވަށްޓެރިޔާގެ އަނބިމީހާއަށް އޭނާ އެދިން އަގުހުރި ނަޞީޙަތެވެ. އަދި އޭނާ އެޢަމަލުކުރީ ޢަރުޝީގެ ހިޔާވަހިކަން އޭނާއަށް ލިބުން ވަރަށް ގާތް ގޮތަށެވެ. ކޮންފަދަ ބޮޑު ނަޞީބެއް ހެއްޔެވެ؟  

ދެން ފާހަގަކޮށްލަން ބޭނުންވަނީ އަނބިމީހާއަށް އޭނާ އެބުނި ބަސްތަކެވެ. އިތުބާރު ގެއްލުމުން އަލުން އުފެއްދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ދެވަނަކަމަކީ އިތުބާރުގެއްލުމުން ޝައްކުގެ މަތީގައި ދިރިއުޅުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.  

ވީމާ މިހުރި ކަންކަމަކީ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަންކަމެވެ. ކޮންމެ ފާފައެއްވެސް ޝައިޠޯނާ ގިރިޓީކޮށް ޒީނަތްތެރިކުރުވާނެއެވެ. ސުވަރުގެ ވަދެވޭނީ އެކަމަށް ހޭލުންތެރިވެވިގެންނެވެ.

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން