އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަންވުމުގެ ފުރުޞަތު މާދަމާ ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ޖުމްލަ 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ޖެހުނީ، އެ ދާއިރާތަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީ، ނަތީޖާ އެއްވަރުވުމާ ގުޅިގެންނެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ވޯޓުލުމުގައި ހިމެނޭ ކައުންސިލް ގޮނޑިތަކަކީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ކައުންސިލް ގޮނޑިއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، މި ދާއިރާތަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް މާދަމާ ހުޅުވާލާ ފުރުޞަތުގައި ރީ-ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މިއަދު އޮންލައިން