އެމްޓީސީސީން ރަސްފަންނުގެ ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްޓީސީސީން ރަސްފަންނުގެ ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދުގެ ބޭރު ތޮށި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަސްފަންނު ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ރަސްފަންނު އަލުން މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި އަލުން ތަރައްޤީކުރުމުގެ މަސައްކަތެވެ.

ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ހިތްފަސޭހަކޮށްލުމަށާއި، މޫދަށް އެރުމަށް ބޭނުންކުރާ މުހިއްމު މަރުކަޒަކަށް ވުމާއެކު، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަރާމާތުގެ މަސައްކަތް ނިމުމުން، ރަސްފަންނު ސަރަހައްދަކީ ކުރިއަށްވުރެ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި، އަލުން އާންމުންނަށް އެ ސަރަހައްދު ހުޅުވާލުމަށެވެ.

މިއަދު އޮންލައިން