ދޮންދަރިފުޅުގެ ސިކުނޑިގޮއްވާލައި މޮޔަކޮށްލަން ދިން ކާއެއްޗެތިން އަމިއްލަ ދަރިފުޅު މޮޔަވެ ޢުމުރަށް ނިކަމެތިކަމާއެކު އުޅެންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދޮންދަރިފުޅުގެ ސިކުނޑިގޮއްވާލައި މޮޔަކޮށްލަން ދިން ކާއެއްޗެތިން އަމިއްލަ ދަރިފުޅު މޮޔަވެ ޢުމުރަށް ނިކަމެތިކަމާއެކު އުޅެންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ދަރިފުޅާއި ދޮންދަރިފުޅު އުޅެނީ ސްކޫލުގެ އެއް ކްލާހެއްގައެވެ. ކޮންމެ ދުވަހަކުވެސް ސްކޫލްގައިކާނެ އެއްޗެތި ދަރިފުޅަށް ތަށިބަރިދެއެވެ. ނަމަވެސް ދޮންދަރިފުޅަކަށް ނުދެއެވެ. އެކަމާ ދޮންދަރިފުޅު ހުންނަނީ ވަރަށް ދެރަވެފައެވެ.  

ކުއްލިއަކަށް އެއްދުވަހަކު ދޮންދަރިފުޅަށްވެސް ތަށިބަރިއެއް ދިނުމުން ކުއްޖާއަށް ލިބުނީ ހިތްހަމަޖެހުމެއް ނޫނެވެ. ގަތީ ބިރެވެ. ކީއްވެގެން ކަމެއް ނުއެވެގެއެވެ. އެހެންވެ ކެއުމުގެ ވަޤުތުގައި ތަށިބަރި ނަގައި ޑެސްކްމަތީގައި ބަހައްޓާފައި "މީގައި ނުބައިކަމެއްވާނަމަ އެކަމަކުން ސަލާމަތްކޮށްދެއްވެވުން" އެދިގެން ދުޢާކުރިތަނާ ދޮންމަންމަގެ ދަރިފުޅު އައިސް ބުނީ އޭނާއަށް ދިން ކާއެތިކޮޅުން ނުފުދޭކަމަށެވެ. އެހެން ބުނާއިރަށް ދަށިބަރި އޭނާއަށް ދިނީއެވެ.  

އެއިރު ދޮންމަންމަ ގޭގައި އިނީ ވަރަށް އުފަލުންނެވެ. އެއެއްޗެތި ކެއުމުން ދޮންދަރިފުޅުގެ ސިކުނޑިއަށް އަސަރުކޮށް ދުނިޔެއިން މޮޔަވާނެތީއެވެ. އެކަމަށް އުފާކުރަން އިންދައި ލިބެނީ ފޯނުކޯލެކެވެ. ބުނީ ގޮތްތަކެއްވެފަ ދަރިފުޅު މޮޔަވެއްޖެކަމަށާއި އަވަހަށް ސްކޫލަށް އައުމަށެވެ.

ކުރިކަންތައް ކާމިޔާބުވީކަމަށް ހީކޮށް އުފާކުރަމުން، ކަންބޮޑުވާކަން ދައްކަމުން ބާރަށް ސްކޫލަށް ދިއައިރު މޮޔަވެގެން އުޅެނީ އަމިއްލަ ދަރިފުޅެވެ. ދޮންދަރިފުޅު ހޯދައި ސުވާލުތައް ކުރުމުން އޭނާ އެދުމުން ކާން ދިން ތަށިބަރިވެސް އޭނާއަށް ދިނީކަމަށް ބުންޏެވެ.  

ވީގޮތް ވިސްނުނެވެ. ނަމަވެސް އެވާހަކަ ބުނެވޭކަށްނެތެވެ. ޖެހުނީ ސިއްރުކުރާށެވެ! ކުރި އެއްވެސް ބޭސްފަރުވާއަކުން ލުޔެއް ނުލިބުނެވެ. ސިކުނޑިއަށް ލިބުނު ގެއްލުން ބޮޑުކަމުންނެވެ. އަމިއްލަ ދަރިފުޅު ޢުމުރަށް ގެންގުޅެންޖެހުނީ މޮޔައެއްގެ ގޮތުގައެވެ.  

މިޙާދިސާއާއި ގުޅިގެން ކުރެވުނު ޝައްކުތައް ބޮޑުވެ ފިރިމީހާ އޭނާވަރިކުރުމުން އުޅެންޖެހުނީވެސް އެކަންޏެވެ. މޮޔަ ދޮންދަރިއަކު ބަލަން އެއްވެސް މީހަކު އޭނާއާއި ކައިވެނިނުކުރުމުން އުޅެންޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ.   

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިހުންނަނީ ކަންކަން ހިނގާ ގޮތެވެ. ދޮންދަރިއަކަށްވީތީ މިފަދަ ނުބައި ކަންކަންކުރާ މީހުން އިތުރަށް ވިސްނައިލާށެވެ. ފަހަރެއްގައި މިއަދު އެކަން ތިމާއަށް ކުރިމަތިނުވިނަމަވެސް އެކަން ތިމާއާއި ބައްދަލުކުރާނެކަން ދަންނާށެވެ!

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން