މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިޔަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ މާރިޗު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 27,420,050 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 23,591,401 ރުފިޔާއާ އަޅާބަލާއިރު 16.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ 27,374,211 ދިވެހި ރުފިޔާ އާއި 2,982 އެމެރިކާ ޑޮލަރެވެ.

މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމުތައް މީރާ މެދުވެރިކޮށް ހަމަޖައްސާފައިވާއިރު، ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.

މިއަދު އޮންލައިން