އެއްމެދު އިމާރާތްތައް ހިންގުމަށް މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެއްމެދު އިމާރާތްތައް ހިންގުމަށް މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

އެއްމެދު އިމާރާތްތައް ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.

އެއްމެދު އިމާރާތުގެ ގޮތުގައި ބެލެވެނީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކު ކުރެވޭ ގޮތަށް ހަދާފައިވާ ތަންތަނަށެވެ. މިފަދަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަނަކީ ހުރިހާ ޔުނިޓުތަކެއްގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވާ ތަންތަން ކަމަށްވާއިރު، އެ ތަންތަން ހިންގައި ބެލެހެއްޓުމަކީ މިލްކުވެރިންގެ ޒިންމާއެކެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް (ސްޓްރާޓާތައް) ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ. މި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27 އަދި 28 ވަނަ ދުވަހުއެވެ.

މި އަހަރީ އާންމު ޖަލްސާތަކުގެ މައިގަނޑު ބޭނުމަކީ ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކޮށް ފަސޭހަ ކުރުމެވެ. އެގޮތުން، މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި، އެ ކޯޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ކައުންސިލެއް އިންތިޚާބުކުރުން މި ޖަލްސާތަކުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ނިޒާމުގެ ސަބަބުން އިމާރާތްތަކުގެ އާންމު ސަރަހައްދުތައް ބެލެހެއްޓުމާއި، މަރާމާތު ކުރުމުގެ ކަންކަން މިލްކުވެރިންގެ ބައިވެރިވުމާއެކު އިންތިޒާމުވެގެންދާނެއެވެ.

މިއަދު އޮންލައިން