އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަހުމީ އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަހުމީ އައްޔަންކޮށްފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އަލްފާޟިލް ހުސެއިން ފަހުމީ އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް(ޕީ.ސީ.ބީ) އިން މ. ފަތަހަ، އަލްފާޟިލް ހުސެއިން ފަހުމީ ފެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ މިއަދުއެވެ.

ފަހުމީ އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.

ފަހުމީ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްމަތީން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.


ހަބަރު: ސަރުކާރު

މިއަދު އޮންލައިން