ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދުވާރުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދުވާރުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓުގައި ހިމެނޭ ދުވާރުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މި މަސައްކަތް ކުރިއަށްގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލު ކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވަނީ ރޭވިފައެވެ.

މަގު ތަރައްޤިކުރުމުގެ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން މަގު ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްޤީ ކުރުމާއެކު، ޕޭވްމަންޓު ހަދައި، މަގުބައްތި ނުވަތަ ލައިޓް ޖެހުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި މަޢުލޫމާތުގައި ވިދާޅުވީ، "ސެގްމެންޓް ފަހެއްގެ ނަރުދަމާ އާއި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވެލްޑިންގްގެ މަސައްކަތްތަކުގެ އިތުރުން، ނަރުދަމާގެ އާ ގްރެވިޓީ ޕައިޕްލައިން އެޅުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ" ކަމަށެވެ.

މި މަސައްކަތްތައް ނިމުމުން، މާލޭގެ އުތުރު ފަރާތުގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން