ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެއެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާ ބަންދުގެ ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ، ވިއްސާރަވި ނަމަވެސް އާންމު ގޮތެއްގައި ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށެވެ. އެގޮތުން ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ބެލެވެނީ މޭ މަހުގެ ފަހުކޮޅުގައި ކަމަށެވެ.

މިއަދު އޮންލައިން