ޙައްޖަށް ދާ ބޭފުޅުން ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރެއްވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޙައްޖަށް ދާ ބޭފުޅުން ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރެއްވުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޝަކީލް ވިދާޅުވި ގޮތުގައި މިހާތަނަށް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކޮށް އެބަތިއްބެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ވީއެންމެ އަވަހަކަށް ޙައްޖަށް ދާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރެއްވުން. މިވެކްސިންތައް ނުޖައްސަވާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ،" ޝަކީލް ވިދާޅުވިއެވެ.

ވެކްސިން ދުރާލާ ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ، ބައެއް ވެކްސިންތަކުގެ ސަބަބުން ހުމާއި ރޯގާގެ އަސަރު ބައެއް ފަރާތްތަކަށް ކުރާ ކަމަށެވެ. އެހެންކަމުން އެފަދަ އުނދަގޫތަކުން ސަލާމަތްވެ، ޙައްޖަށް ފުރުމުގެ ކުރިން ފުރިހަމައަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ މާހިރުންވެސް ވިދާޅުވާ ގޮތުގައި ވެކްސިންގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ހަށިގަނޑަށް ކުރުމަށްޓަކައި، ދަތުރު ކުރުމުގެ އެކަށީގެންވާ މުއްދަތެއް ކުރިން ވެކްސިން ޖަހަންޖެހެއެވެ. އެހެންކަމުން ޙައްޖު ކޯޕަރޭޝަނުން ވަނީ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

މިއަދު އޮންލައިން