ޢިބްރަތްތެރި ވާހަކަ: މަންމަ ޅީދަރިފުޅަށްލީ އެސްފީނާއިން އަމިއްލަ އަންހެން ދަރިފުޅަށް ސާޅީސް އަހަރުވީއިރުވެސް ކައިވެނިނުކުރެވި ހުންނަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޢިބްރަތްތެރި ވާހަކަ: މަންމަ ޅީދަރިފުޅަށްލީ އެސްފީނާއިން އަމިއްލަ އަންހެން ދަރިފުޅަށް ސާޅީސް އަހަރުވީއިރުވެސް ކައިވެނިނުކުރެވި ހުންނަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އޭނާގެ ތިބެނީ އަންހެންދަރިއަކާއި ފިރިހެންދަރިއެކެވެ. ފިރިހެންދަރިފުޅުގެ ޢުމުރުން 25 އަހަރުގައި ކައިވެނިކުރަންބޭނުންވީ 28 އަހަރުގެ އަންހެނަކާއިއެވެ. އެކަމަށް މަންމަ ވަރަށް ރުޅިއައެވެ. ޙަސަދަވެރިވިއެވެ. ޢުމުރުން ދޮށީ އަންހެނަކާއި ކައިވެނިކޮށްގެން ލިބޭނެ އުފަލެއް ނުއޮންނާނެކަމަށް ވިސްނައިދީ އެކަމަށް އެޅެން އޮތް ހުރިހާ ހުރަހެއް އެޅިއެވެ.  

އެހެންކަމާއިއެކުވެސް ދަރިފުޅު ބުނީ ޢުމުރުން ދޮށިވުމުން ހަގުއަންހެނުންނާއި ފިރިހެނުން ކައިވެނިކުރާ ފަދައިން ދޮށީ އަންހެނުންނަށްވެސް ހަގުއަންހެނުންނާއި ކައިވެނިކުރެވެންޖެހޭނެ ކަމަށާއި އެކަން މައްސަލައަކަށްވަނީ މައްސަލައަކަށް ހެދީމައި ކަމަށެވެ. އޭނާގެ ލޯބިވެރިޔާ އޭނާދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށާއި އޭނާ ބޭނުންވަނީ އުފާވެރިކަން ކަމަށެވެ.  

އޭނާގެ އަންހެންދަރިފުޅަކީ މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް އަދާކުރާ ކުއްޖެކެވެ. އެކަމަކު ޢުމުރުން ދުވަސްވަމުންގޮސް 40 އަހަރުވީއިރުވެސް ކައިވެނިކުރެވޭނެ ގޮތެއް ނުވެއެވެ. ލޯބިވެރިން ލިބެއެވެ. ނަމަވެސް ކައިވެންޏާއި ހަމައަށްދާތަނުން ވަކިވަނީއެވެ.  

ދެފަހަރިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮންނާތީ އެކަމަށް ކަންބޮޑުވެ ފަހަރި ގޮވައިގެންގޮސް ރުޤްޔާ މީހަކާއި ބައްދަލުކުރުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބުނީ ވަރަށް ވަރުގަަދ އެސްފީނާއެއް ޖެހިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ފަސޭހަކުރަން އެންމެ އުނދަގޫވާ ގޮތަށް ކަމަށެވެ. އެއީ ލޭގެ ގުޅުމަކުން އައިސްފައިހުރި ކަމެއްކަމަށް ބެލެވޭތީކަމަށްވެސް ބުންޏެވެ. އިތުރަކަށް ނުބުންޏެވެ.

ޙަޤީޤަތަކީ ޅީދަރިފުޅަކީ ތަްްވާވެރި، ޛިކުރުތައްކިޔާ އަންހެނަކަށްވުމުން އޭނާއަށްލީ ޙަސަދައިގެ އެސްފީނާ އަމިއްލަ ދަރިފުޅަށް ބަދަލުވީއެވެ. އެއީ ޝައިޠޯނާއަށް ޅީދަރިފުޅުގެ ހަށިގަނޑަށް ބާރުނުފޮރުވުމުން ޝައިޠޯނާ ކުރިކަމެކެވެ. އެކަން އެނގުނީ ރަނގަޅުވުމުގެ ފަހުމަރުޙަލާގައި ދަރިފުޅަށް ފެނުނު ހުވަފެނަކުންނެވެ. ހުވަފެން ފެނުނީ މަންމަގެ މައްޗަށް އެއްވެސް ވަރަކަށް ކުރިން ޝައްކުކުރެވުމަކާއިވެސް ނުލައެވެ.  

އެކަން ފިލުވައިލެވުނީ 3 މަސްދުވަހު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެންނެވެ. ރަނގަޅުކުރެވުނުތާ 40 ދުވަސްވެސް ނުވަނީސް އޭނާއަށް ކައިވެނިވެސް ކުރެވުނެވެ.  

އެއްވެސް މީހަކަށް ޙަސަދަވެރިނުވާންވީ މިފަދަ ކަންކަން ކުރިމަތިވާތީއެވެ. އެކަން އެނބުރި ޙަސަދަލާ މީހާއަށްވެސް ޖެހިފައި އެބަހުއްޓެވެ. ވީމާ ހަމަ އެކަކަށްވެސް ހިތްބުރަނުކުރާށެވެ. ލިބޭނީ ކޮންފަދަ ބޮޑުދެރައެއް، ކޮންގޮތަކަށްކަން ވިސްނަންވެސް ނުއެނގޭނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން