އައިޔޫއެމްގެ "ސަނާބިލް"' އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ، ސެޕްޓެމްބަރުގައި ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އައިޔޫއެމްގެ "ސަނާބިލް"' އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ، ސެޕްޓެމްބަރުގައި ހުޅުވަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އަށް އާމްދަނީ ހޯދުމުގެ މަގްސަދުގައި ހުޅުމާލޭގައި ތަރައްޤީކުރާ "ސަނާބިލް" އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައި، އަންނަ ސެޕްޓެމްބަރު މަހު އެ އިމާރާތް ހުޅުވާނެ ކަމަށް އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.

މިއީ އެ މުއައްސަސާއަށް ދެމެހެއްޓިނިވި ގޮތެއްގައި މާލީ މަންފާ ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި ބިނާކުރާ މި އިމާރާތުގެ ކޮންކްރީޓްގެ 96 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 60 އިންސައްތަ ކުރިއެރުމެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ 2004 ވަނަ އަހަރު ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާ އުފެދުނީއްސުރެ، އެ މުއައްސަސާއަށް ޚާއްޞަކޮށްގެން ބިނާކުރެވޭ ފުރަތަމަ އިމާރާތެވެ. އަދި މިއީ އިސްލާމިކް ފައިނޭންސްގެ "ސުކޫކް" މޮޑެލް ބޭނުންކޮށްގެން ރާއްޖޭގައި އިމާރާތެއް ބިނާކުރުމަށް ހިންގޭ ފުރަތަމަ މަޝްރޫޢުކަންވެސް ފާހަގަކޮށްލެވެއެވެ.

ސަނާބިލް އިމާރާތަކީ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެކެވެ. މި ބިނާގައި އޮފީސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމްގެ އިތުރުން ކޮމާޝަލް ޕާކިންގ ޖާގަ ހިމެނޭނެއެވެ. މި ވަސީލަތްތަކުގެ ސަބަބުން ޔުނިވަރސިޓީއަށް ބޭނުންވާ މާލީ މިނިވަންކަން ހޯދުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން