އެކުވެރިޔާގެ ފިރިމީހާގެ ބޭނުމުގަ އަނބިމީހާއަށް ޒަހަރުދީގެން މަރައިނުލެވުނީމާ އުސްފަރުބަދައެއްގެ އެންމެ މަތިން ވައްޓައިލީމާވެސް މަރުނުވެ ދިރިއުޅުން ސަލާމަތްކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
އެކުވެރިޔާގެ ފިރިމީހާގެ ބޭނުމުގަ އަނބިމީހާއަށް ޒަހަރުދީގެން މަރައިނުލެވުނީމާ އުސްފަރުބަދައެއްގެ އެންމެ މަތިން ވައްޓައިލީމާވެސް މަރުނުވެ ދިރިއުޅުން ސަލާމަތްކުރެވުނު އަންހެނެއްގެ ވާހަކަ-

އެދެމަފިރިންނަކީ ކައިވެނިކޮށް ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފރިންނެވެ، އެކަމަސް އެންމެ ބޮޑަށް ޙަސަދަވެރިވީ އަނބިމީހާގެ އެކުވެރިޔާއެވެ. ދެވަނަ އަންތބަކަށް ނަމަވެސް ކައިވެނިކުރަން އެދުމުން އޭނާ ބުނީ އަނބިމީހާގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާނެ ކަމަށެވެ. ފިރިމީހާ އެކަން ސިއްރުކުރިއެވެ. އެއީ އަނބިމީހާއަށް އަމިއްލައަށް އެކަން ފާހަގަކުރެވެން ފުރުޞަތުދިނުމަށެވެ. 

ފިރިމީހާ އޮފީހުގައި ހުރި ވަޤުތެއްގައި އެންމެގާތް އެކުވެރިޔާ ގޮސް މެންދުރުގެ ކެއުމަކަށް ދަޢުވަތުދިނުމުން ދަޢުވަތު ޤަބޫލުކޮށް އެކުގައި ދިއައެވެ. ކާރުދުއްވަންފަށާފައި ބުނީ ކާނީ ފަރުބަދަމަތީގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓަކުން ކަމަށެވެ.

ފަރުބަދައިގެ އެންމެ މައްޗަށް އެރެން ކައިރިވެފައި ހުއްޓައި ބުނީ 5 މިނިޓަށް މަޑުކޮށްލަން ވެއްޖެކަމަށެވެ. އިންޖީނު ފިނިކޮށްލަންޖެހިއްޖެކަމަށެވެ. އެހެން ބުނެފައި މަގުގެ އަރިމަތީގައި ކާރު މަޑުކޮށްލައި ދެމީހުންވެސް ކާރުން ފޭބީއެވެ. އަރާމު ވައިކޮޅެއް ލިބިގަތުމުގެ ބޭނުމަކުއެވެ.  

ދުރުން ފެންނަ ރީތި މަންޒަރުބަލަން އިރުކޮޅަކު ތިބެފައި އެކުވެރިޔާ ބުންޏެވެ. "މިކަންކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެހެން ގޮތެއް ނެތެވެ. ތިބާގެ ފިރިމީހާ ދެކެ މާބޮޑަށް ލޯބިވެވިއްޖެއެވެ. އެކަމަކު ތިބާ ދުނިޔޭގައި ހުއްޓައި ދެއަންތބަށްވެސް ކައިވެނިކުރެވޭކަށް ނެތެވެ. އެހެންވެ ދެދުވަސްމަތިން ޒަހަރުވެސްދީފީމެވެ. ވީކަމެއް ނެތެވެ. އެހެންވީމާ މިއުޅެނީ ކަލޭގެ ކަންތައް އެކުގައި ނިންމައިލާށެވެ. އެހެންބުނުމާއިއެކު ކުއްލިއަކަށް ކޮއްޕައި ވައްޓައިލީއެވެ.

އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމަކަށް ނުވާތީ ތިރީގައި އޮތް ދަނޑުބިމެއްގައި މަސައްކަތްކުރަންތިބި ބައަކަށް މަތިން މީހަކު ވެއޓޭތަން ފެނުމާއިއެކު އޭނާ ސަލާމަތްކުރަން ވަޤުތުން ސަތަރިއެއް ފަތުރާލައި އެންމެން ވެގެން ހިފަހައްޓައިގެން ތިއްބައި ވެއްޓުނީ ސަތަރި މައްޗަށެވެ. އެހެންވެ ކުޑަކޮށް ފަޔަށް ތަދުވުން ނޫން އިތުރު އަނިޔާއެއް ނުލިބެއެވެ.  

އޭނާ އެމީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. ބަދަލުގައި ހެޔޮކަމެއް ކޮށްދޭނެ ކަމަށްވެސް ބުންޏެވެ. އަދި ފުލުހުންނަށް ގުޅައިގެން ގެނުވައި ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ފުލުހުން އޭނާ ގެންގޮސް ބަޔާން ނެގުމަށްފަހު އޭނާގެ އެދުމުގެ މަތިން ގެއަށް ގެންދިއައީ އެއިގެ 3 ދުވަސްފަހުން ރޭގަނޑުގެ 11 ޖަހާއެހާކަންހާއިރުއެވެ.  

އޭނާ ތަޅުހުޅުވައި ފުލުހުންނާއިއެކު ގެއަށްވަނުމުން ފިރިމީހާ އުފަލުން ވަރެއް ނެތެވެ. އައިސް ބައްދައިގަތެވެ. އުރާލިއެވެ. އެންމެންގެ ކުރިމަތީގައި އެތައްފަހަރަކު ހަށިގަނޑުގެ އެތައް މިތަނަށް ބޮސްދިނެވެ. އެތަންފެނިފައި ފިލަން އެކުވެރިޔާ ނުކުންނަން އުޅުމުން ބުންޏެވެ. "އޭނާ ނުކުތަ ނުދޭށެވެ! ފަރުބަދަމަތިން އަހުރެން ކޮއްޕާވައްޓައިލީ އޭނާއެވެ!"  

ފިރިމީހާއަށް ލިބުނީ ބޮޑުސިހުމެކެވެ. "އެކަމަކު އޭނާ އަހުރެންގެ ގާތުގައި ބުނީ ތިބާ ލޯބިވެރިޔާގެ ކާރަށް އަރައިގެން ދިއައީކަމަށެވެ. އެނބުރި ދުވަހު ނުއަންނާނެ ކަމަށްވެސް ތިބާ ބުނި ކަމަށެވެ."  

އެހިސާބުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި ކަންކަންވީގޮތް ފިރިމީހާއަށް ކިޔައިދިނެވެ. ދަނޑުވެރިން އޭނާގެ ފުރާނަ ސަލާމަތްކުރިގޮތްވެސް ކިޔައިދިނުމުން ދެން ސަލާމަތްނުވެވޭނެކަން އެނގުމުން އޭނާ ބުންޏެވެ. "ޒަހަރުދިނީވެސް ކޮއްޕާވައްޓައިލީވެސް އަހުރެންގެ ބާރަކު ނޫނެވެ. ލޯބީގެ ބާރުގައެވެ. ފުލުހުން ބުނީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކޯޓާއި ޙަވާލުކުރާނެ ކަމަށާއި ތިއަވާހަކަތަކަށް ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.  

ފިރިމީހާ ބުންޏެވެ. "3 ރޭމަތިން އައިސް ހެދި ބޮޑެތި ދޮގުތައް ނިކަން ދެކިބަލާށެވެ! ހެއްލެވި ގުޅުމެއް ނުހިންގުނުކަމަށްޓަކައި ހަމްދުކުރަމެވެ. ކަލެއަށް އަހުރެމެން ދެމީހުންކުރެ އެކަކުވެސް ލުޔެއް ނުދޭނަމެވެ. ޢުމުރަށް ޖަލުޙުކުމެއް އިއްވޭތޯ މިލިއަނުން ޚަރަދުކުރަންޖެހުނަސް އެކަމަށް މަސައްކަތްކުރާނަމެވެ."  

4 އަހަރުފަހުން ކޯޓުން ޙުކުމް އިއްވީވެސް އެގޮތަށެވެ. އަދަބެއް އެއްވެސް ލުޔެއް ދުވަހަކުވެސް ނުލިބޭނެ ގޮތަށް ޢުމުރު ދުވަހަށް ޖަލުޙުކުމެވެ.  

މިއީ މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވާ ހަމައެކަނި ވާހަކައަކީ އެކުވެރިޔާއަށްޓަކައި ޤުރުބާންވާ އެކުވެރިން ތިބި ނަމަވެސް މިހާރު ގިނައިން މިފެންނަނީ މިބާވަތުގެ އެކުވެރިން ކަމަށެވެ. ވީމާ ސަމާލުވާން އެބަޖެހެއެވެ. އަޅެ މިވަރު ތަންކޮޅެއް ކަންތައް ބޮޑެއް ނޫން ހެއްޔެވެ؟

 

- ޚަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން