ގުޅީފަޅުން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގުޅީފަޅުން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ގުޅީފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. މި ބަދަލަކީ އެތަނުގައި ދިރިއުޅޭނެ އާބާދީއަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ގެނެވުނު މުހިންމު ބަދަލެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް، ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި މިހާރު ވަނީ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުގެ ނަތީޖާއާ އެއްގޮތަށް ބިންތައް ކަނޑައަޅައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ.

ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ބިމުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން، އަމަލީ ގޮތުން ބިން ހަވާލުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތް ގޮތެއްގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

މިއަދު އޮންލައިން