ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަނީ އެއިރެއްގައި އޮންނަ ސަރުކާރު ހިންގަނީ ރަނގަޅަށްކަން ނުވްތަ ނޫންކަން ބަލަންކަމަށް ދެކޭނަމަ އެއީ ކޮންކަހަލަ ވިސްނުމެއް ބާވައެވެ!
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވަކިޕާޓީއަކަށް މޭޔަރުންތަކުގެ ގޮނޑި ކާމިޔާބުކުރެވިއްޖެނަމަ އެއީ ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާދެއްވަން ޖެހިވަޑައިގަންނަވާ ސަބަބަކަށްވާނަމަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރަން އިންތިޚާބެއް ބޭއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މޭޔަރުން ބޭނުންވާ ބޭފުޅަކު ރައީސްކަމަށް އިންތިޚާބުކޮށްލީމާ ނުނިމެންވީ ކީއްވެގެންތޯއެވެ؟ އަދި ރައީސް ހޮވާ އިންތިޚާބު އުވާލައި މޭޔަރުންނާ އެކަން ޙަވާލުކުރަން ގޮވާނުލަނީ ކީއްވެ؟
"އަޅުގަނޑުމެންނަށް އެނގިފައި އޮތްގޮތުގަ މަގުމަތީގަ ދީނީ ވާހަކަދައްކަވަން މަޑުކުރައްވައިގެން ތިއްބެވި ޞަހާބީންނަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވީ މަގުތަކުގެ ޙައްޤު އަދާކުރައްވައި އެއްފަރާތުގަ ތިއްބަވަން! މިއަދު މިފެންނަނީ މަގުތައް ބަންދުކޮށް ހިނގާ މީހުންނާ އެއްޗެތި ދުއްވާ މީހުންގެ ޙައްޤުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތަން! މިއީ ފުރުޞަތުދެވިގެންވާނެ ކަމެއް ނޫން!"
"ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނަށް އިންސާނީ ޙައްޤުތައް ގެއްލިގެން ކަންބޮޑުވާން އެނގެނީ ވަކިކަމެއްވީމަ! މަގުތައް ބަންދުކޮށް މީހުންގެ ދިރިއުޅުމަށް ހުރަސްއެޅުމަކީ ކަންބޮޑުވާ ކަމެއް ނޫން! ތާޅަފިލިތަކުންނާ ޓީވީތަކުން ކުދިންގެ އަޚްލާޤަށް ނުރަނގަޅު އަސަރުކުރާ އަޑުތައް ފަތުރައި ކުދިންގެ އަޚްލާޤް ގޯސްކުރުވުމަކީ އެކަމިޝަނުން ކަންބޮޑުވާ ކަމެއް ނޫން!"
މިއީ މިހާރު ކޮންމެ ރެއަކު މަގުތައް ބަންދުކޮށް އެމްޑީޕީން ކުރަމުންގެންދާ މުޒާހަރާއާއި ގުޅިގެން ރައްޔިތުންގެތެރެއިން ބައަކު އުފައްދާ ސުވާލުތަކެވެ. އެމީހުންނަކީ ސިޔާސީ ވަކިފިކުރެއްގެ ބައެއްވެސް ނޫނެވެ. މަގުތަކުގެ އަމާންކަން ގެއްލި ހަލަބޮލިވާތީ ކަންބޮޑުވާ ބައެކެވެ. އަޑުގަދަކުރާތަކުންނާ ޓީވީ ތަކުން ކުޑަކުދިންގެ އަޚްލާޤަށް ނުރަނގަޅު އަސަރުކުރާ ކަންކަން ފަތުރާތީ ކަންބޮޑުވާ ބައެކެވެ.
ދެން މިގެނެސްދެނީ މަގުތައް ހަލަބޮލިކުރުމާއިބެހޭ ގޮތުން ބާރަށުދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދުވިދާޅުވެފައިވާ ބަސްފުޅެކެވެ.
"މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން.ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ. ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް. ރައީސުލް ޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން.
މިމުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ޤުރުބާންވީ ތިމަންނައޭބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް. މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކެން"
ޝުޖާގެ މިބަސްފުޅުގައި ބުރަދަނެއްވެއެވެ.
