ހައިކޯޓާއި ފެމެލީ ކޯޓުގެ އިސް ޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހައިކޯޓާއި ފެމެލީ ކޯޓުގެ އިސް ޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސް ޤާޟީކަމަށް ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޢައްޔަންކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއެވެ. އަދި ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދުއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛް ޢަބްދުﷲ ޖަމީލް މޫސާ އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ވެސް އެމަނިކުފާނާއެވެ.

ފަނޑިޔާރުކަމުގެ ދާއިރާގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަމާއި ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.

މިއަދު އޮންލައިން